September 16, 2009

އެޑިޓަރުގެ ބަސް 1

އެޑިޓަރުގެ ބަސް

ޢައްސަލާމް ޢަލައިކުމް.

1430 ވަނަ އަހަރުގެ ފިތުރު އީދުގެ ހެޔޮއެދުމާއި ތަޙުނިޔާ މޯޑް_އިއްބެ ބުލޮގު ކިޔާ އެންމެހާ ކިޔުންތެރިންނަށާއި ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އިޙުލާސްތެރިކަމާއެކު އަރިސް ކުރަމެވެ.

މި ބުލޮގަކީ ލަންދޫ އިންފޯގެ ޓީމުން މުހައްމަދު އިބުރާހިމަށް ހިލޭ ހަދިޔާކޮށް ދީފައިވާ ބުލޮގެކެވެ. މި ބުލޮގުގެ ބޭނުން ހިފާ އަޅުގަޑު މަސައްކަތް މިފެށީ އަޅުގަޑުގެ ވަޒީފާއާ މިކަމާ ނުހަނު ގުޅުން ހުރެފައި އަޅުގަޑުގެ ދަރިވަރުންނަށް މި ބުލޮގުގެ އެހީގައި ގޭގައި ތިއްބާ އެވެރިންނާ ގާތުން ކާބޯ ތަކެތި ތައްޔާރުކުރާނެ ގޮތްތަކާއި އަޅުގަޑުގެ ދަރުސުތަކާ ، ފިލާވަޅުތަކާ، މައުލޫމާތުގެ އިތުރުން ހަބަރާ މުނިފޫހި ފިލުވުމުގެ ބައިތަކުގެ އިތުރުން ހަގީގީ އަދި ހިޔާލީ ވާހަކަތަކާ މަޒުމޫނާ އިބުރަތުން ފުރިފައިވާ ޅެންވެރިކާއި އަޅުގަޑުގެ ދަރިވަރުންގެ މައުލޫމާތުގެ އިތުރުން ރަށާ ގައުމާ ދުނިޔޭގެ މައުލޫމާތުގެ އިތުރުން މި ހުރިހާ ހިސާބެއްގެ ފޮޓޯ ގާތުން ހަގީގަތާއި އެއްގޮތައް ގެނެސް ދިނުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައިތިބި ލިޔުންތެރިންގެ ލިޔުންތެރިކަން ތިއެންމެ ބޭފުޅުންނާއި ޙިއްސާކުރުމުގެ މަޤުޞަދުގައެވެ. ހިތުގައި އުފެދިފައިވާ އަދި އުފެދެމުންދާ ޙިޔާލާއި ޝުޢޫރު ހާމަކުރުމަށް ހުޅުވައިލެވިފައިވާ ދޮރެއްގެ ގޮތުގައެވެ. އެގޮތުން މި ބުލޮގަށް ލިޔުންފޮނުވުމުގެ ފުރުޞަތު އާއްމުކޮށް މިހާރުވަނީ ހުޅުވައިލެވިފައެވެ. ލިޔުންފޮނުވާނީ މިބުލޮގުގެ މެއިލް އެޑުރެސް mode_ibbbe@live.com This e-mail address is being protected from spambots. You need JavaScript enabled to view it އަށެވެ. ތިބޭފުޅުންގެ ލިޔުންތަކަށް އަޅުގަނޑުމެން އުފަލާއެކު މަރުޙަބާ ކިޔާނަމެވެ

ނިންމާލުމުގެ ކުރިން މިބުލޮގު ހިންގުމުގައި www.landhoinfo.com އިން ވެދެއްވާފައިވާ އަދި ވެދެއްވަމުން އަންނަ އެހީ ފާހަގަ ކުރައްވައި އެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ. އަޅުގަނޑުގެ ދުޢާއަކީ ލިބިފައިވާ ލިޔުންތެރިކަމުގެ ހުނަރު ހެޔޮގޮތުގައި ބޭނުންހިފާ ބައެއް ކަމުގައި އަޅުގަނޑުމެން ލެއްވުމެވެ.

ވައްސަލާމް ޢަލައިލުމް.

ޝުކުރިއްޔާ!

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino