September 24, 2009

4ހާދިސާ ހަގީގީ


4ހާދިސާ ހަގީގީ



ރޯދަމަހުގެ ދުވަސް ތަކުގެތެރޭން ދުވަހެކެވެ. އާދައިގެ މަތިން ސުކޫލަށް ދިއުމުގެ ކުރިން ހެދުނު ހެދުނާ އަތިރިމައްޗަށް ދިޔައީމެވެ. ގޮސް މަޑުކޮށްލިތަނާފެނުނީ 2 މީހަކު ކެޔޮޅު ކަމުދާން ބޮއްކުރާ ބާލާ މަންޒަރެވެ. ނުހުރެވިގެން އެވެރިންނަށް އަތްވަޅެއް އަޅާލަ ދިނުމަށްޓަކާ ކައިރިއަށް ލެފިލާ ބޮއްކުރާ މޫދާ ދިމާލަށް ކޮށްޕަންފަށައިފީމެވެ. އިސާހިތަކު އެކަމުން އަވަދިވެއްޖެއެވެ. ދެންފެނުނީ ނަނާ އެކު 2 ދަޅު އަލަނާސި އެރުވިތަނެވެ. ސައްކެއް ނުކުރަމެވެ. އެހެނީ އެވެރިން އެދަނީ ރޯދަވީއްލަން ނާއްނަގޮތައް ކަމަށް ފަހަރުގާ ވެދާނެއެވެ. އެހެންނޫނަސް އިރުއޮއްސޭއިރަށް ރަށާ ހިސާބައް ނުފޯރަފާނެއެވެ.
ކޮންމެއަކަސް އެވެރިން ފުރައިގެން އެދިޔައްޔެވެ. އަޅުގަޑުވެސް އަޅުގަޑުގެ މަސައްކަތައް ދިއުމައް ތައްޔާރުވާން އައީގެއަށެވެ. ދެން ސުކޫލައްގޮސް އެބުރި ގެއަށް އާދެވުނީ ހަވީރު ވުމަކާ ކައިރިވިފަހުންނެވެ. އިއްތިފާގަކުން ނަމަވެސް އަނެއްކާ އަތިރިޔާ ދިމާލައް ދެވުނު އިރު އެއްކަލަބައިމީހުން ލަފަނީއެވެ. މަވެސް މަހެއްގެ އިންތިޒާރުގައި ހުރީތީ މަސްބާލާ ތަނަށް ލެފިލީމެވެ. މަސްގަންނަން ދިޔަމީހުންނަށް ޖަވާބުދެމުން އެތަނުން އެކަކު ބުނާތީ އެހީމެވެ. ހެދުނު ދިޔަގޮތައް އަދި މިއައީ މާފަރު ބޭރުމަތީ ތެޅެތެޅެ ވަރުބަލިވެގެންނެވެ. މަހެއް ވިއްކާވަރަކަށް ނުބޭނުނެވެ.
އަޅުގަޑު ލެފީންސުރެ އެއްކަލަ ދަޅު އެވެރިން ބޮއްކުރާން ބާލާތޯ ވަރަށް ބެލީމެވެ. ނަމަވެސް އެބާލާތަނެއް ނުފެނުނެވެ. މިހާ ހިސާބުން ކުރެވީ ހީއެކެވެ. އެއީ ކުއްހީއަކަށް ވެދާނެތީ ކަންކުރިގޮތްނޭގޭތީ މަޑުން ހުރީއެވެ. ފަހަރުގައި އެތަކެތި އެންމަހުގެ ގޮތުގާވިސް ބޭނުން ކޮށްފާނެތީއެވެ. ނޫނީ ބޮއްކުރަޔަށް ބަރުކުރަން ނުގެންނާން ވެގެން އެއްލާލީތޯއްޗެކެވެ. މި ނޫން އެހެންގޮތެއްވިސް ފަހަރުގައި ހަދާފާނެއެވެ
.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino