September 3, 2009

ދައުލަތުގެ ބަޖެޓް ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅު ތަކާއި ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ޚަރަދު ކޮންޓްރޯލްކުރެއްވުމަށް ފިނޭ

ދައުލަތުގެ ބަޖެޓް ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅު ތަކާއި ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ދަތުރު ޚަރަދުތަކާއި އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗާއި ޚިދުމަތުގެ އިތުރުން މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދު ކޮންޓްރޯލްކުރެއްވުމަށް ފިނޭންސް މިނިސްޓްރީން އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ގެންދަވަނީ ޚަރަދުތައް ކޮންޓްރޯލް ކުރެއްވުމުގެ ގޮތުން، އޮފީސްތަކުގެ ބަޖެޓްގެ ބައެއް އައިޓަމްތަކުން ފައިސާ އުނިކޮށް ، އެމިނިސްޓްރީގެ ހުއްދަނެތި ޚަރަދުނުކުރެއްވުމަށް އަންގަވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް ނެރުއްވި ސަރކިއުލަރ އެއްގައި އަންގަވާފައިވަނީ މި މަހުން ފެށިގެން ރާއްޖޭގެ އެތެރޭގައި އެއްގަމާ ކަނޑާއި ވައިގެ މަގުން ކުރާ ދަތުރު ޚަރަދުތައް އެއޮފީހެއްގެ އެ އައިޓަމަކުން މިހާރު ޚަރަދު ނުކުރެވި ހުރި ބާކީ ގެ ފަންސާސް އިންސައްތައަށް ކުޑަކުރެއްވުމަށެވެ.

ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ތެރެއިން ބޭރުގެ އެހީދޭ ފަރާތްތަކުން ދަތުރުގެ ހުރިހާ ޚަރަދެއް ދޭ ގޮތަށް ނުވަތަ ބޭރުގެ ހިލޭ ލޯން ޕޮރޮގްރާމްގެ ދަށުން ކުރެވޭ ޚަރަދުތަކާއި ، ރާއްޖެއިން ސޮއިކޮށްފައިވާ މުއާޙަދާއެއްގެ ދަށުން ކޮންމެހެން ކުރައްވަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތައް ހުއްޓާލެއްވުމަށްވެސް ފިނޭންސް މިނިސްޓްރީން އަންގަވާފައިވެއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino