މިފަދަ ކުއްތައް ތަކުރާރުވެ ޢާއްމުންގެ މެދުގައި ބިރުވެރިކަން އުފެދި އޭގެ އެންމެ ނުރައްކައުތެރި ހިސާބަށް މިއަދު އަޅުގަނޑުމެން ގެ މި ލޮބުވެތި މުޖްތަމަޢު ދާން ކައިރިވެފައިވާއެންމެ ބޮޑުއެއްސަބަބަކީ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިއަދުގެ މިހޭލުންތެރި ސޮސައިޓީއެވެ. ނުވަތަ ޢާޢްމު މުޖްތަމަޢުއެވެ. ތިޔައިން ކޮންމެ ބޭފުޅަކުވެސް ވިސަނާލެއްވުމުން އަޅުގަނޑުމިދަންނަވާ އެއްޗެއްގެ ހަޤީޤައް ސާފުވެލައްވާނެއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކުއްކުރަމުން އެގެންދަނީ އެއްބަޔަކެވެ.
އެމީހުން އެފަދަ ކުއްތަކަށް އަރައިގަންނަމުން އެދަނީ ޢާއްމުންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއްލިބެމުންދާތީއެވެ. އޭގެ އެންމެ ބޮޑުއެއް ހެއްކަކީ އެފަދަ ކުއްކުރާ މީހުންނަށް ދެވޭ ހިނިތުން ވުމެވެ.
އެއީ މާމޮޅު ބަޔަކަށް ހަދައިގެން މާ މަޖާކަމަކަށް ހަދައިގެން ޢާއްމުން އެއްވެ އުޅޭ ފިނިމައިޒާން ތަކުގައިޔާއި ދޭދޭ ދެމީހުންގެ ދެމެދުގައި ހީހީފައި އެވާހަކަ ދެއްކުމެވެ. އެމީހުންނަށް ކުޑަވެސް ނުރުހުމުގެ ނަޒަރަކުން ބަލައިލުމެއް ނެތްކަމެވެ.
އަޅުގަނޑުވެސް ޤަބޫލު ކުރާ އެއްކަމެއް މިކަމުގައި އެބައޮތެވެ. މީހެއްގެ ފުށުން ގޯސްޢަމަލެއް ހަމަ ފެންނަ ކޮންމެ ފަހަރަކު އެއީ މާނުބައި މީހަކަށް ހަދައިގެން އެމީހަކާއި، ރުޅިވެ މުޅި ސޮސައިޓީން އެމީހާ ބާކީ ކުރުމަކީ އެކަން ކުރަންވީ އެންމެ ރަގަޅުގޮތެއް ނޫނެވެ. އެމީހާއަށް ނަސޭޙަތް ދީ އެމީހާދެވަނަ ފަހަރަށް އެފަދަ ކުށަކަށް އަރައިނުގަންނާނެ ގޮތެއްވޭތޯ ބަލަން ވެސް ޖެހޭނެއެވެ. އަދި ހަމަ އެފަދައިން ކުށްކުރާ މީހާގެ ރިޕޯޓް ފުލުހުންނަށް ނުވަތަ ކަމާއި ބެހޭ ފަރާތަށް އެންގުމަކީ ވެސް މިއަދު އަޅުގަނޑުމެންނަށް އެހާފަސޭހައިން ކުރެއްވެން އޮތް ކަމެއްނޫނެވެ. އެފަދަ މީހެއްގެ ރިޕޯޓް އެއެއްވެސް ތާކަށް އަންގައިފި ކަމަށް ވާނަމަ ޖެހިގެންއަންނަރޭ އަނބިދަރިންނާއި އެކު ގޭގައި ނިދަން އޮވެވޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް މިއަދު އަޅުގަނޑުމެންގެ ނެތެވެ. މިފަދަ ކުޑަކުޑަ މުޖްތަމަޢު އެއްގައި ރިޕޯޓް ކުރާމީހާ ނުވަތަ މައްސަލަ ޖައްސާ މީހާ އޮންނަނީ ވަރަށް ފަސޭހައިން ބޭޒާރުވެފައެވެ.
ކުއްކުރާ މީހުންގެ ރިޕޯޓްތައް ކަމާބެހޭ ފަރާތް ތަކަށް ނުފޮނުވިއެއްކަމަކު އަޅުގަނޑުދެކޭގޮތުގައި އަޅުގަނޑުމެން ( ޢާއްމު ފަރުދުން ) ނަށް ވެސް އެފަދަ ކުއްތައް މަދުކުރުމަށް ކުރެވިދާނެ ބައިވަރު ކަންތައް ތައް އެބަހުއްޓެވެ. އެފަދަ ކުއްކުރާ މީހުނަން ހިތްވަރު ދިނުގެ ގޮތުން ޖޯކަކަށް ނުވަތަ މަޖަލަކަށް ހަދައިގެން ރަށުތެރޭގައި އަދި ޚާއްޞަކޮށް އެފަދަމީހުނަން އިވޭހިސާބުގައި އެވާހަކަތައް ނުދައްކާ ތިބެވިދާނެއެވެ. އެފަދަ މީސްމީހުން ނާއި މާބޮޑު ގާތް ގުޅުމެއް ނުބާއްވާ ތިބެވިދާނެއެވެ. އެފަދަމީހުންގެ ސިއްރުތައް ސިއްރު ކުރުމަށް މަސައްކަތް ނުކޮށް ތިބެވިދާނެއެވެ. އެފަދަ މީހުންނަށް އެފަދަ ކުއްތަކަށް އަރައިގަންނަން މަގުފަހިވެދާނެ އެއްވެސް ކަމެއް ތިމާއާއި ތިމާގެ ރައްޓެއްސެއް ނުވަތަ ގާތްތިމާގެ މީހެއްގެ ފަރާތުން ވާކަމަށް ހީވާނަމަ އަވަހަށް އެކަމެއް ހުއްޓުވުމަށް އެމީހަކާއި ވާހަކަ ދެއްކިދާނެއެވެ.
އަޅުގަނޑު ދެކޭގޮތުގައި މިއަދު މި މިޖުތަމަޢުގައި ކުށްކުރުން އެންމެ ބޮޑަށް ޢާއްމު ވެގެން މިއުޅޭ އެއްސަބަބަކީ ކުރިންވެސް ދެންނެވުނު ފަދއިން އެކަންކަން ހުއްޓުވުމަށް ޢާއްމުން ގެ އެއްބާރުލުން ފުރިހަމައަށް ނުދެއްވުމުގެ ސަބަބުންނެވެ. ގިނަބަޔަކު މިކަމާއި ނުވިސްނާ މިފަދަކަންކަމަކީ މަޖާކަންކަން ކަމަށް ހަދައިގެން ހީލަ ހީލާ ތިބޭތީއެވެ.






0 ޚިޔާލު:
Post a Comment