" އަލާ އިންނީ ފާކުއްޅާއް " މި އީ މިރާއްޖޭގެބައެއް ރައްރަށުގެ ބައެއްމީހުން ލަންދޫގެ ބައެއްމީހުންނާއި ބައްދަލުވާހިދު މަލާމާތުގެ ރާގުގައި މަޖާކޮށްލާންވެގެން ސަލާމުގެ ބަދަލުގައި ގޮވާލާ ލަފުޖެކެވެ. މިލަފުޒު އަޑުއިވުނީމާ ވަނީ ކިހިނެއްތޯ އަޅުގަޑު ރަށުގެ ބައެއްސުކޫލް ދަރިވަރުންނާ އަދި ޒުވާންނާ ސުވާލް ކޮށްލީމެވެ. އެއިގެ ތެރޭން ޒުވާނަކު ބުނީ " ކިޔާފާނެއެއްނު ކިޔާ އެއްޗެއް . މަށައް ކީކީ " ސުކޫލް ދަރިވަރަކު ބުނީ " އެހެން ކިޔާފިއްޔާ މަމެންނަށްވެސް ހުންނާނެ ކިޔޭނެ އެއްޗެހި. މަވިސް ކޮންމެވެސް އެއްޗެކޭ ކިޔާނަން " ރަށުގެ ހަރުކުލާގެ މީހަކު އެހެން އަހާލުމުން ޖަހާލީ ވަރުގަދަ ހިނިގަޑެކެވެ. ކޮންމެ އަކަސް އަޅުގަޑު ސުވާލް ކުރި މީހުންގެ ތެރޭން 20 އިންސައްތަ މީހުން ބުނެފައިވަނީ "އެތްވެސް އެތްޗެއް ހިތަކަށް ނާރާކަމުގައެވެ. އެބަހީ ކަހަރުވަކެކޭވިސް ހީނުވާކަމަށެވެ. ނަމަވެސް 30 އިންސައްތަ މީހުން ބުނެފައިވަނީ އެހެން ބުނުމުން އެބުނާމީހަކު ދެކެ ވަރަށްބޮޑަށްރުޅިއަންނަކަމަށެވެ. އޭގެބަދަލުގައި އަގައި ގައިބަސްއޮއްވާ އަނެއްބަސް އޭނާޔާދިމާލަށް ބުނެ އިއްވާލާ ކަމަށެވެ. 50 އިންސައްތަ މީހުންބުނެފައިވަނީ އެހެން ބުނުމުން ހިނިއައިސް އަމިއްލަޔަށް ފަހުރުވެރި ވެވޭކަމަށެވެ. އަދި ބަދަލުގައި ސުކުރުއަދާކުރާކަމުގައެވެ. ތިބާގެ ހިޔާލް ކޮމަންޓަކުން ނަމަވެސް ދެއްވާށެވެ.
އާދެ ! އާރާބާރާ ސާނާ ސައުގަތުގެ ގޮތުން ގަދަފަދަ ބައެއް ގައުމުތަކަށް މަލާމާތާ އެކު ފުރައްސާރަކުރަނީ އަމިއްލަވަންތަކަން އެވެރިންގެ ގައުމުގައި ނެތަތީއެވެ. އަދި އެގައުމުތައް ވޭނާ ކެކުޅުމުގެ އާހްގެނޭވާ އެލަނީ އެކުރާމަލާމާތް ހަޖަމް ކުރަން ދަތިވާތީ ތޯއްޗެކެވެ. މިސާލަކަށް އެމެރިކާއަށް އަޅުގަޑުމެން މަލާމާތް ކުރަނީ ބައެއްގެ ބަހެއް ޖަހައިގަނެގެން އުޅޭތީއެވެ. އޮރިޔާން ނިވާނުވާހާލު އެހެން މީހުންގެ އޮރިޔާން ދައްކާތީއެވެ. އެބަހީ ތިމާގައިގާ އުގުޅިފައިވާ ގުއިގަޑު ތިމާޔަށް ނުފެންނާތީއެވެ. މައްސަލައެއްނެތެވެ. ދިވެހިންނަށް ދިވެހިބަހެއް ލިބިވާތީ ފަހުރުވެރިވާފަދައިން ލަންދުގައިވާ އަމިއްލަވަންތަ ސަގާފީ އާދަކާދަތައް ހިތައްއަންނަ ހިދު އަޅުގަޑުމެން ފަހުރުވެރިވެލަމުއެވެ. އަލާ އިންނީ މިބަސް ބޭނުން ކުރަނި ފަހުރުވެރިކަމާއިއެކުއެވެ. އުސް ހަވިއްތަ މައްޗައް އަރަނީ ވެސް ފަހުރުވެރިކަމާއެކުއެވެ. އީދުގެ ދަޑިޖެހުން ، ރޯދަޔަށް ގޭދޮށައް ވެލިލުމުގެ އިތުރުން އީދުގެ ފެންކުޅިޔާ އެހެނިހެން ކުޅިވަރުތައް ކުޅެނީ ބަޔަކު ކުޅޭގޮތަކަށް ނޫނެވެ. އަމިއްލަ ހިޔާލާއެކު ކާބަފައިން ދަސްކޮށްދިން ރިވެތި އުސޫލުންނެވެ. ދެން އެކިޔާ ކުއްޅާކަށް ބަލާލާއިރު އަޅުގަޑުމެން ރަށުގައި އެއެތްޗެއް ހުރުމުން ލޮލައްނިދިނައިސް ގެން ފަތިހުގޮވި ހާލާއެކު މިދުވަނީ ތިޔަބުނާ ކުއްޅާއް ރަށުންބޭރަށް، އަތޮޅުންބޭރަށް ފޮނުވާށެވެ. ސަބަބަކީ ރެއެއްގެ މައްޗަށް ދެތިންހަތަރު ފޯންކޯލުން ދެތިންހަތަރު މީހުން ދެތިންހަތަރު ކުއްޅާކަށް އެދޭތީއެވެ. އެކަމަކު ބަދަލުގައި ދެތިންހަތަރު ރުފިޔާގެ ހަދިޔާވިސް ތިބާޔަށް ތިޔަ ފޮނުވާ ކުއްޅާކުގެ ބަދަލުގައި ފޮނުވާބާވައެވެ.؟ ،،،،،،،،،،،،،،،،،،






0 ޚިޔާލު:
Post a Comment