September 3, 2009

މެއްޑޯ އަކީ ހެޓްލަރެކޭ ނުބުނެ ލިޔެސް އާއިމެދު އަޅުގަޑުގެ ފިކުރު 1 ލިޔެލާނަމެވެ.




މެއްޑޯ އަކީ ހެޓްލަރެކޭ ނުބުނެ ލިޔެސް އާއިމެދު އަޅުގަޑުގެ ފިކުރު 1 ލިޔެލާނަމެވެ.
ލިޔުނީ : މުހައްމަދު އިބުރާހިމް ( ލިޔެސްއާއި މެދު އަޅުގަޑުގެ ފިކުރު- 1 )
________________________________________________________________________________

"ލިޔެސް ޖަމިއްޔާ" މިހެން މީހަކު ބުނެފި ނަމަ ގައިން ހީބިހި ނަގާގަނެއެވެ. ސަބަބަކީ އެނަމަކީ އަޅުގަޑު ފަހުރުވެރިވާ ނަމެކެވެ. އެނަމައް ގަދަރު ކުރަމެވެ. އިޙްތިރާމު ކުރަމެވެ. އެނަމެއްގެ އަޑުޖެހުމުން ބުނަންނޭގޭ ކަހަލަ އިހުސާސް ތަކެއް ހިތުން ސިކުޑިއަށް ފޯރުކޮށްލަދެއެވެ. މިކުރެވެނީ ކީއްކަންނޭގި އަދިވެސް އެޖަމިއްޔާވާހަކަ ތާކުމީހަކު ދެއްކިޔަސް ވަރަށް ޝައުގުވެރިކަމާއެކު އަޑު އަހާލެވެއެވެ. އެހެން ނުވާންވީ ކީއްވެގެންހެއްޔެވެ ؟

މިއޮތްހުރިހާދުވަހު ހުސްވަގުތު ތަކުގައާއި ރަސްމީ ގަޑިތަކުގައިވެސް ސިކުޑީގެ އެތްފަޅީގައި ލިޔެލާގެން އުޅުނީ މިނަމެވެ. ބައެތް ރޭރޭ ދަންވަރު 3 ޖަހަންދެންވެސް މަގުމަތީ ޖަހާފައިވާ ހޮޅިދަޑިތައް ބުޑު ދޮށުގަވިސް ކުރީ ހަމަ އޭގެ މަސައްކަތެވެ. ދަންވަރެއް ، ހަވީރެއް ، މެންދުރެއް، ފަތިހެއް ، ނުބަލައެވެ. ދޭހާ އައްވެއްގަ ، ފައިބާހާ ފިންޏެއްގަ، ހަފާ މަދިރިއަކަށް ނުބަލަމެވެ. މިވަރުން އުޅެ ކުރަމުން އައި މަސައްކަތައް ފާޑުކީ ހުރިހާ ފަރާތް ތަކަށް އޭގެ ރައްދު ހޫނުކޮށް ދިނީމެވެ. ގަދައަޑުން ޖަމިއްޔާ ނަގާ ކޮޅައްޖަހާނެ ކަމުގެ އިންޒާރު ދިނީމެވެ. ބޭނުމީ ކުލަބެއް ނޫނޭ ޖަމިއްޔާއެކޭ ހަރުއަޑުން ގޮވީމެވެ. ފާޅުގައެވެ. އަޅުގަޑާއި އެކު މަސައްކަތްކުރި ފަހުލަވާނުން އަދިވެސް ދެގޮތެއްނުވެ މަސައްކަތް ކުރަމުންދާތީ ނުހަނު އުފާވެއެވެ. ހިތްވަރާ އަޒުމަކަށް ބަދަލެއްނާދެއެވެ. އަޅުގަޑު އެދެނީ އަދިވެސް އެވެރިންނާ ޖަމިއްޔާއަށް ހެޔޮގޮތެވެ.

އާއެކެވެ. މިއުޅެނީ ތިޔަސުވާލްގެ ޖަވާބުދޭށެވެ. އަދި އަޅުގަޑު ޖަމިއްޔާ އަކުން ނުކެޑެވެ. ނަމަވެސް އަޅުގަޑުވާނީ ޖަމިއްޔާގެ ރައީސްކަމުން އިސްތިއުފާ ދީފައެވެ. އެމަގާމުން އިސްތިއުފާ ދިން ސަބަބު އެސިޓީގައި ހާމަކަން ބޮޑު ގޮތެއްގައި ލިޔެފައި އޮންނާނެއެވެ. އެހެނީ ދެވަނަ ދައުރަކަށް އަޅުގަޑު ރައީސް ކަމަކަށް ކުރިމައްޗެއް ނުލަމެވެ. ނަމަވެސް އެމަގާމައް އެހެން އެތްވެސް ފަރާތަކުން ސައުގުވެރިކަން ފާޅުނުކުރެއްވީމާ ވަކިވަކިންވެސް އެހެންމެންބަރުންނާ އެކަމަށް ކުރިމަތިލާތޯ އާދޭސް ދެންނެވުނެވެ. އެކަމުން އަޅުގަޑައް އެގިގެން ދިޔަކަމަކީ އަދިވެސް ޖަމިއްޔާ ތަސައްރަފު ނުފުދެނީ އެވެ. ބަލާނުގަންނަނީއެވެ. ވީމާ އެވަގުތު ހުރިހާމެންބަރުންގެ ހާޒިރުގައި އަޅުގަޑު ޖަމިއްޔާއާ ހަވާލްވީ ވަގުތީ ގޮތުންނެވެ. މީހަކު ސައުގުވެރިކަން ފާޅުކުރަންދެން އެކަމުގައި ދެމިހުންނާނެކަމަށް ބުނަމުންނެވެ.

އާއެކެވެ. ޖެހިގެންއައީ ޖަމިއްޔާގެ ރަންދުވަސް ތަކެވެ. އެހެނީ ގައުމީ ފެންވަރުގެ 2 މުބާރާތުން ލިޔެސް ވަނަކާލީއެވެ. ދަޑުވެރިކަން މުޅިރާއްޖެއަށް ދައްކާލީއެވެ. ޕުރީސުކޫލް ހިންގަން ފެށީއެވެ. ދީނީ އިލްމުވެރިން ދީނީ ނަސޭހަތްދޭން ރަށައްގެނައީއެވެ. ބަޔޯގޭހުން ނަންވިދާލީއެވެ. ބަދަރުގެ ހޮޅިދަޑިތަކުގެ ބުޑު އެޅޭނޭކިޔާ އެޅީއެވެ. ރަށުމީހުން މަސްތުވާތަކެތިން ހޭލުންތެރިކުރަން ލީފުލެޓްބެހީއެވެ. ވާދަވެރި މެޗްތައް ކުޅެވުނީއެވެ. ކަޕްތައްބޭއްވުނީއެވެ. އަދިވެސް އަދިވެސް ކަންކަން ކުރެވުނީއެވެ. ވޯކުސޮޕްތަކާ އެންވުންތަކުން ޖަމިއްޔާގެ ނަން ދިރިއްޖެއެވެ. ކުރިމައްޗައް އަރާ މަށައްޖަމިއްޔާ ހިންގޭނޭވިސް ބުނެވިއްޖެއެވެ. އަސްތާ ! ވަގުތު އައިސްޖެހުނީއެވެ. ދެން އިތުރައް އެންމެ ހިދުކޮޅަކުވެސް ޖަމިއްޔާގެ ރައީސް ކަމުގާ ދެމިހުރުމާއި މެދު ސުވާލް އުފެދުނީއެވެ. އެހެނީ މިފަހަރު ޖަމިއްޔާއާ ހަވާލްވީ މީހަކުވަންދެނެވެ. މިކަންކުރާނެ ބަޔަކު މިހާރު އެބަތިއްބެވެ. އެކަން އެންމެފަހުންދިޔަ އިންތިހާބުންވެސް ވަރަށް ރަގަޅައް ސާފްވެފާވެއެވެ. ވީމާ މިކަމުގާ އަރާރުން ވުމެއްނެތެވެ. އަޅުގަޑުގެ މަގުސަދަކީ ޖަމިއްޔާ ނަގާ ކޮޅައްޖެހުން ކަމުގާވާއިރު މިކަން ކުރެވުނީމާ އެކަން އެހާސިލްވީއެވެ.

އަޅުގަޑާއި މެދު ތަފާތު ގޮތްގޮތައް ވާހަކަ ހަދަހަދާގެން އެކިފަރާތް ތަކުން ދައްކަމުން ގެންދިޔަ ވާހަކަތައް ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާހާލު އަޅުގަޑުގެ އަހު މެއްޑޯގެ ބަހާމެދު ބުނަމެވެ. ސައިޓް ހެދުމުގެ އެއްވެސް ކުރެޑިޓެއް އަޅުގަޑު ނުނަގަމެވެ. ނަމަވެސް އެކަމާއިމެދު އަޅުގަޑުވިސްނާ އެކަން ކުރާނެ ކަމުގެ ޔަގީންކަން އަހަރީ ރިޕޯޓުން އަޅުގަޑު ދިނީ އެކަން ކުރަން ބޭނުންވާތީއެވެ. މިހެންކަންވާނެކަމެއް އޭރަކު އެތްވެސްމީހަކަށް ނޭގޭނެއެވެ. އެހެނަސް އެކަން ހަރަދަކާއި ނުލާ ކުރެވޭނެ މަގު ތަނަވަސް ވެފާވާކަން ޖަމިއްޔާގެ މެންބަރުންނާ ވާނީ ހިއްސާ ކުރެވިފައެވެ. އަޅުގަޑުގެ ރައީސްކަމުގައި މީޑިޔާއަށް އިސްކަން ދިނީމެވެ. ދެން އޮތީ ރަންހާރުގެ ވާހަކައެކެވެ. އާއެކެވެ. އެކަން އެމަގުން ކުރިކަމުން އެމީހުންގެ ފަރާތުން ލިބުނު އެހީތެރިކަން އެރިޕޯޓްގައި ހިމަނާލި ނަމަ ކޮންފަދަހެއްޔެވެ. އެސަރަފަކީ ހިންގާ ކޮމެޓީގައި ހަރަކާތްތެރިވި ފަހުލަވާނުންނަށް އެރުވުނު ސަރަފަކަށް ވީހިދު ކިތަންމެ ކުޑަކޮށް ނަމަވެސް ހަރަކާތްތެރި ވީތީ އެސަރަފުހައްގު ނޫންތޯއެވެ. ހިދުމައްތެރީންނަށް ހިދުމަތުގެ ސަރަފު ދެވުނު ނޫންތޯއެވެ. ހިންގާ ކޮމެޓީއަށް ދެވުނުއެތްޗެއް އަހަރު ނިމުނީމާ ކަލޭ ބާކީ ނުދޭނަމޭ ކިޔާ ދުރައްލާން އަޅުގަޑަށް ހަމަ ނުކެރުނީއެވެ. ގިނަ ފަހުލަވާނުންގެ އިރުސާދާ ލަފާ ބޭނުންވާތީ ގިނަ މެންބަރުން އިތުރު ކުރީއެވެ. މިކަމުގައި މީހުން ބާކީކުރުން އެއީ އަޅުގަޑުގެ ސިޔާސަތެއްނޫނެވެ. ދެންއަޅުގަޑު ކުރަންފެށިކަމެއް ނުކުރެވި ފެއިލްވެފަކަ ނޯންނާނެއެވެ. އަދި ވަކި ހިސާބަކުން ހުއްޓާލަން ޖެހިފަކާވިސް ނޯންނާނެއެވެ.

ދެން ކިތައްމެ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތައް ލިޔުނަކަސް އެކަމުން ހަގީގަތެއް އޮޅުވައެތް ނުލެވޭނެއެވެ. އެއިރަކު ނަގަންޖެހޭ ޒިންމާއެތް އެއިރަކު ވާނީ އެކަމާއި މެދުގައި ނަގާ ކޮޑުއަޅާފައެވެ. ހުދު މެއްޑޯ އަޅުގަޑައް ނޭގި ޖަމިއްޔާގެ ނަމުގައި ހޯދި ޓީސާޓްތައް އާއިލީ ކުދިންނާ ރަހުމަތް ތެރިންނަށް ބަހާލި ހިދު އެކަމުގާ ވިސް ހިފީމެވެ. ހަރުކަށި ސިޔާސަތެއްގެ ދަށުން ހިންގި އަމަލް ކުއްވެރިކޮށް ފެނާލާ ދިރުވާލެވުނެވެ. ބާރުގެ ބޭނުންކޮށްގެން، ނުފޫޒްގެ ބޭނުން ކޮށްގެން، ބިރުދައްކައިގެން ، ކަންކަން ހައްލު ނުކުރެވޭނެކަމަށް މިބުނަނީ ކަތީބު ދަރިއަށް ކޯސް ހޯދައި ދިނީމަކާ ނޫނެވެ. ނާސަރީ ކުލާހުން ބައްދަލުވުން ދޫކޮށް ބެލެނިވެރިން ނުކުތީމަކާވިސް ނޫނެވެ. މީހަމަ ހެޓްލަރގެ ސިފަޔަކަށް ވީތީ ހަދާންކޮށްލަދިނީއެވެ.
އަޅުގަޑުގެ މިރިޕޯޓް ނިންމާލާނީ އަޅުގަޑުގެ ކެބިނެޓްގައި އަޅުގަޑާއި ގާތުން މަސައްކައް ކޮށްދެއްވި އެންމެހާ ފަހުލަވާނުންނަށް ހިތުގެ އެންމެފުންމިނުން ސުކުރު އަދާކުރަމުން، އަޅުގަޑުގެ ދައުރުގެ ކާމިޔާބީ ތަކަކީ ތިޔަފަހުލަވާނުންގެ ބުރަމަސައްކަތުން ލިބުނު ކާމިޔާބީ ތަކެއްކަމަށް އަޅުގަޑުގެ ޒަމީރު ހެކިދޭ ހާލު ޖަމިއްޔާ އާއި މެދު އަޅުގަޑުގެ ފިކުރު 2 ވަރަށް އަވަހަށް ކިއުން ތެރިންނަށް ފޯރާނެކަމުގެ ޔަގީންކަމާއި އެކު 0

ވައްސަލާމް އަލައިކުމް
_______________________

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino