ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ އައްޑުއަތޮޅު ހުޅުދޫ ވާރުގޭ ޢާޠިފާ ޢަލީއެވެ. ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން ހަމަޖައްސަވާފައިވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މެނޭޖަރ، ރެގިއުލޭޝަންސް އެންޑް ޕޮލިސީ ގަލޮޅު ސައިމާ މަރިޔަމް ވިސާމެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މިބޯޑުގައި ހިމެނިވަޑައިގަންނަވަނީ، އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މާފަންނު ހަޒާރުމާގޭ ފާޠިމަތު ނުޒުހާއެވެ. ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައް ބަލަހައްޓަވާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް ކޮއޯޑިނޭޓަރ މާފަންނު މާފުށީގޭ މަރިޔަމް ޝަފީޤެވެ. ދައުލަތުގެ ވަޒީފާއެއް އަދާނުކުރައްވައި ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރުގެ ހަތަރު ބޭފުޅުންގެ ގޮތުގައި މި ބޯޑަށް ޢައްޔަން ކުރައްވާފައިވަނީ، އެފް.ޖޭ.އެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހެންވޭރު ޔެލޯރޯޒް ފަރީޙާ ޝަރީފްގެ އިތުރުން، ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އެސިސްޓެންޓް ފައިނޭންޝަލް ކޮންޓްރޯލަރ ފުވައްމުލަކު ވިކްޓަރީ އިޔާޒު ވަޙީދާއި، ސީ ލިންކް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ މާފަންނު މަތިދޫ ދީނާ މޫސާއާއި، އޭ.އޭ.އޭ ޓްރޭޑިންގ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖަރ ފާދިއްޕޮޅު ނައިފަރު އަލިހިޔާ ޙާމިދު ޞާދިޤެވެ.
September 8, 2009
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީ.އީ.އޯ އަކަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

Subscribe to:
Post Comments (Atom)

0 ޚިޔާލު:
Post a Comment