September 10, 2009

ތިބާ ފަހުރުވެރި ވޭތަ؟








ތިބާ ފަހުރުވެރި ވޭތަ؟


ބޯކިރު ކޮޅެއްފަދަ ރީތި ދޮންވެލި ތުޑިއެތް ގުދުރަތުން ލިބިފައިވާ މީ ލަންދުއެވެ. ރަށުގާއޮތީ އަމާން އޮމާން ހިމޭން މަގުތަކެވެ. ކުއްޅާއްމަލުގެ ވަހުން މުޅިފަޒާ އަބަދުވެސް އޮންނަނީ އެތްވަސްވެލާފައެވެ. އަރިއަކަށް ބިތަކަށް ޖެހިލާފިނަމަ އާސާރީ ތަންތަން ބަލާ އާސޯހްވެ އަގައިން ކުޅުހިކޭފަހަރު އަންނަނީ މަދެއްކޮށެއްނޫނެވެ. މުއްސަދި ސަގާފަތެއް ލިބިފައިވާ މިރަށުމީހުންގެ ކުޅިވަރުތަށް ފެންނާނީ އީދަކާ ދިމާކޮށް ރަށަށް އަރާލެވިއްޖެނަމައެވެ. ދަނޑުވެރިންނާ، މަސްވެރިން މިރަށުގައި ހާދަހާވާ ގިނައެވެ. މިނޫނަސް މިރަށުމީހުން ފަންގެވިނުމާއި ވަލުކޮށައިގެން އަމިއްލަމަސައްކަތުން ދާ އޮހޮރުވާގެން ހައްގު އެތްޗެއް އަގަޔަށް ލެވޭތޯބަލައެވެ. ކަސްޓަމާ، ބޯޓްދަތުރުކުރުމާ، ރިސޯޓް ފަހަރަކީވެސް މިރަށު ކުދިންނަށް އާތަންތަނެއް ނޫނެވެ.

ނޫކުލައާއި ރީދޫ ކުލަ ރަށުގެ އޮއިދެމޭ ކޯރުތަކުން އަބަދުވެސް ދެމިދެމިއޮވެއެވެ. އެކަމަކު ބުނާހިތްއޮތީ ބުނަން ބޭނުން ވިޔަސް ނުވިޔަސް ރީދޫ ނުލައްވުރެ އަދި މާގަދަ ނޫނަސް ގަދައެވެ. އެހެނީ އިއްތިފާގަކުން ނަމަވެސް ދޮން ކިޔާފިނަމަ ދޮންދުބުރިވެސް ނޫ އުޑައްވުރެ ބޭނުންކަމަށް ވޯޓް ދެވެނީއެވެ. ތިކަމުގާ މައްސަލައެތްނެތޭ އަޅުގަޑު މިދަންނަވަނީ ދޮނާ، ނުލައްވުރެ ވަތަނީ ރޫހްގައި ހަށިގަޑުގައި ހިގާ ރަތްލޭ މާގަދަ ފަދަވީމައެވެ. އެދެކުލަ މައިތިރިކޮށް ރަތްކުލަ ފަތަހަ ހޯދީމާ ދެން ހަމަ ބަރާބަރެވެ.

ކިހާ ސަޅި ! ކިހާ ރީތި ! ނަމޫނާ ރަށެއް ދެއްތޯއެވެ. އަސްލު މިކަލަމިކަހަލަ ވާހަކަތައް އަޅުގަޑުގެ ކަންފަތުގައި ޖެހުމުންވެސް ފަހުރުވެރި ވެލެއެވެ. މިކަހަލަ ފަހުރުވެރި ލަފުޒުތައް ތާއަބަދު އިވިއިވި ހުންނާނެ ނަމައޭ ހިތައް އަރައެވެ. ރަށު ލޯބީގެ ކުލުނުގެ އޮއިވަރެއް ހިތުތެރޭ ފާއްދާލާ މިކަހަލަ ވާހަކައެތް އަޑުއިވޭހިދު ގިރުވާން ކޮޅަށްޖަހާލެވެއެވެ. މީ ހަމަހަގީގަތެވެ. ހައްގުތެދެވެ. މިކަން މިމަގުން މިއަދުވެސް ވަމުން އާދެއެވެ. ވީމާ މިކަމާ ގުޅުވާ އަޅުގަޑު ދޭންބޭނުންވާ މެސެޖަކީ " ކާމިޔާބީއެތް ހޯދުމަށްވުރެ ކާމިޔާބީއެތް ދެމެހެއްޓުން މާ އުދަގޫވާނެއެވެ". އެހެންވީމާ މިހާރު ލަންދުވަށް ލިބިފައިވާ ރީތިނަން ދަމަހައްޓަން އެންމެހާ ފަރުދުން އުޅެމާތޯއެވެ.

ރަށުއޮފީހާއި ރަށުކޯޓާ، ރަށު ސުކޫލާ ، ރަށު ސިއްހީ މަރުކަޒާ އިރެއްގާ ޗެނަލް ދިމާނުވިއަސް ޒުވާން ކައުންސިލަރގެ ބުއްދީގެ ހިކުމަތު އަމަލީ ބޭނުންކުރައްވައިގެން އެތްލައިނަކުން މިތަންތަން މިއަދު ގުޅާލެވިފައިވާތީ ސަހަރޯއޭ އަޅުގަޑުގެ ހިތަކަށް ނާރައެވެ. ސަބަބަކީ ރަށުގެ ޒުވާނުންނަށް ކައުންސިލަރ ދެއްވާ އަހުމިއްޔަތު ކަމެވެ. އެވެރިންނާ ބާއްވާ ގާއްގުޅުމެވެ. އަޅުގަޑުގެ ދުއާއަކީ އަޅުގަޑުމެންގެ އެންމެހާ ކަންކަމާ މަސްޢޫލުވެ ތިއްބަވާ ވެރިންނާ އެންމެހާ ތޯލިބުންނާ ތޯލިބާއިންނަށް އަދައްވުރެ ފަހި މާދަމާއެތް ﷲ މިންވަރު ކުރުން .

ވައްސަލާމް އަލައިކުމް!

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino