
ސަރުކާރުގެ ވަޒީފާއިން ވަކިކުރައްވާ މުވައްޒަފުންނަށް ދެއްވާ ޢިނާޔަތްތަކާބެހޭ އިތުރު ތަފްޞީލު، މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެ
ސަރުކާރުގެ ވަޒީފާއިން ވަކިކުރައްވައި ނުވަތަ އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ދެއްވާ ޢިނާޔަތްތަކާބެހޭ އިތުރު ތަފްޞީލު، މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ.
އަދި ރާއްޖޭގެ އިޤްތިޞާދު އަދި މާލީ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރިއަށްއޮތްތާނގައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.
ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިދެއްވާ ރޭޑިއޯ ޚިޠާބު، މާދަމާވެސް ފޮނުއްވާނީ ހެނދުނު 10.15ގައެވެ.






0 ޚިޔާލު:
Post a Comment