ފަޒީލާއަށް ހޭލެވުނީ އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ބޭއިޚްތިޔާރު ގައި ފުންމައިގެން ތެދުވުމާއި އެކު ބޭރުން އެއިވުނީ ކޮންއަޑެއްތޯ ބަލާލެވުނެވެ. ގޭގެ ފުރާޅު މައްޗަށް ބޮޑުކާއްޓެއް ވެއްޓުނު އަޑެވެ. ބޭރުބަލާލިއިރު ފެންނަނީ އެއްމަންޒަރު ތަކެކެވެ. މާޔޫސްކަމެވެ.
އެވަގުތު އޭނައިގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް ފިކުރު ހިންގާލެވުނެވެ. އަދި މަޑުމަޑުން އޭނާގެ ޙަޔާތުގައި ކުރިމަތިވަމުންއަންނަ ކަންތައްތަކާއިމެދު ފިކުރުކުރެވެން ފަށައިފިއެވެ.
މިނިކަމެތި އިންސާނާގެ ޙާލު ދެނެގަނެއެހީތެރިވެދޭނީ ކާކުބާއެވެ. މިހިތަށް ހަމަޖެހުމެއް ލިބޭނީ ކޮންއިރަކުން ހެއްޔެވެ. ހައްތާވެސް ސުވާލުމާކު ތަކެކެވެ. ޖަވާބުބޭނުންވެފައެވެ. އަހަރެންގެ ހުރިހާވެސް އުންމީދަކީ އަހަރެންގެ ލޯބީގެ ގަނޑުވަރެވެ. ބިނާކުރެވިފައިވާލެއް ފުރިހަމަކަމުންނެވެ. އެކިކުލަކުލައިގެ މާތައް ފޮޅިފައިވާ މާބަގީޗާތަކެވެ. ރަންކުލައާއި މަޑުވިލުކުލައިގެ މަސްތައް ދުވެދުވެފައި އުޅޭ ފެންގަނޑުތަކެވެ. އަދި އެކިއަޑުތަކުން ލަވަޔާއި ފަރިހި ކިޔަމުންދާ ބަޅިނދު ތަކެވެ. ގުރާތަކެވެ. އަދި ކީންހެއްޔެވެ. މިހުރިހާ އެއްޗިއްސަކަށް ޚިދުމަތްކޮށްދެއްވުމަށް ދެކޮޅަށް ޙަރަކާތްތެރިވަމުންދާ ޚާދިމުންނެވެ. މިފަދަގޮތަކަށް ބިނާކުރަމުންއައި އަހަރެންގެ ލޯބީގެ ގަނޑުވަރެވެ. މިފަދަ އެތައް އުންމީދުތަކެއް ކުރީމެވެ.
ނަމަވެސް އަހަރެންނަށް މިތަންފެންނަނީ ފަޅުވެފައިވާ ތަނެއްގެ ސިފައިގައެވެ. ސަބަބަކީ އަހަރެންމިދުނިޔޭންވެސް އެންމެ ލޯބިވީ އިންސާނާ އަހަރެންނާއި، ވަކިވުމުންނެވެ. އާކެވެ. މުޅިޢުމުރަށްވެސް އޭނާ އަހަރެނާއި ވަކިވީއެވެ. އަހަރެން ދޫކޮށްލީއެވެ. އޭނާ މިދުނިޔެވެސް ދޫކުރީއެވެ. އަހަރެންގެ ހިތުގައި ވަރަށް ލޯބިންއުޅެފައި މުޅިޢުމުރަށްވެސް ވަކިވީއެވެ.
އުފަލާ މަޖަލުގައި ވޭތުކުރިދުވަސްތަކެވެ. ދެމީހުން ބިނާކުރަމުން އައި ލޯބީގެ ގަނޑުވަރު ފުޑުފުޑުވުމަށް ދިމާވީ އެންމެ ބޮޑުއެއްމައްސަލައަކީ ކުއްލިއަކަށް އިނާޒްއަށް ޖެހުނު ބޮޑުބައްޔެވެ. އާއެކެވެ. އޭނައިގެ ޅަޢުމުރުގައި ހޭދަކުރި ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އޭނައިގެ އެއް ކިޑުނީ ފެއިލްވެ އަނެއްކިޑުނީއާއި ދޭތެރޭ ޑޮކްޓަރުންގެ އެއްވެސް އުންމީދެއް ނެތުމެވެ. އެދުވަސްވީ އިނާޒްގެ ޙަޔާތަށް އިންތިހާއަށް މާޔޫސްކަމެއް ގެނެދިން ދުވަހަކަށެވެ.
ޅަކުއްޖެއް ފަދައިން ބަލިއެނދުގައި ދުވަސްތައް ގުނަން އޭނައަށް މަޖްބޫރުވެއްޖެއެވެ. އޭގެސަބަބުން ސާދުނާއާއި އިނާޒްގެ ލޯތްބަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. މިހާރު އިނާޒްގެ ހަޔާތް ވޭތުކުރަމުން އެގެންދަނީ އިންތިހާއީ މާޔޫސްކަމެއްގެ ތެރޭގައެވެ. ކުރިންއަޅާލާ މިންވަރަށް އަޅާނުލުމާއި، ބަލީގައި ގިނަދުވަސްވީވަރަކަށް އޭނާ ސާދުނާގެ މަތިން ފޫހިވާގޮތް ވާންފެށިއެވެ. އަދި ދުވަސްތައް އެކަނިވެރިކަމުގެ ތެރޭގައި ހޭދަކުރަމުން ގެންދިޔައެވެ.
މިގޮތުގައި ދުވަސްތައް ވޭތުކުރަމުންއައިސް މިއަދަކީ އިނާޒް ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނު ދުވަހެވެ. އޭނާގެ ހާލުގޯސްވަމުންދާތީއެވެ. ބަލިހާލުބޮޑުވުމުގެ ސަބަބުން މިހާރު އޭނާއަށް އަމިއްލައަށް ދެތުވެ އުޅުމަކީ ވެސް ވަރަށް ދަތިކަމަކަށް ވެއްޖެއެވެ. އޭނާ އެދުމަތި ކުރެވުނީ އެދުވަހުގެ ހެނުދުނުއެވެ. އެދުވަހުގެ މެންދުރުފަހު އޭނައިގެ ހާލު ވަރަށް ސީރިއަސްވަމުން އަންނަކަމަށް ޑޮކްޓަރު ބުނުއްވިއެވެ. ހަށިގަނޑުގެ ބޮޑުބައެއް މަސައްކަތް ނުކުރާނަކަށްވެސް ފާހަގަކުރެވުނެވެ. އޭނާ އަވަސްފަރުވާދޭ ކޮޓަރިއަށްވެއްދުނުއިރު އޭނާވަނީ އޭނައިގެ ހިތުގެ ހިނގުން ހުއްޓިފައެވެ. އޭނާ ނޭވައެއް ނުލައެވެ. ވިންދެއްނުޖަހައެވެ. އާނއެކެވެ. މިދުނިޔެއާއި ވަކިވީއެވެ. އޭނައިގެ ދެ ކިޑުނީވެސް ފެއިލްވީއެވެ.
އިނާޒް އަހަރެންގެ ހަޔާތާއި ވަކިވުމުގެ ސަބަބުން އަހަރެންގެ ހަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަހަރެން މުޅިން އެކަނިވެރިވިއެވެ. އިތުރަށް އަހަރެން އެކަނިވެރިވިއެވެ. އެހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ރޮއްވާލައެވެ. އެހެނަސް މަހްޝަރު ބިމުގައިވެސް އަހަރެންގެ އުންމީދަކީ އަހަރެންނާއި އިނާޒް ބައްދަލުވުމެވެ. އެހެންނަމަވެސް އަހަރެން އެދެނީ އިނާޒްގެ މަތިން ހަދާންނައްތާލައި އިތުރު ބައިވެރިއަކު އަހަރެންގެ އަތުގައި ހިފާނެކަމުގައެވެ. އަދި ހަމައެފަދަ އުފާވެރި ލޯތްބެއްގެ ބިންގަލެއް އޭނާފަދަ އޯގާތެރިޔަކުއަހަރެންގެ ހިތުގައި އަޅައިދިނުމެވެ. އެހެންނަމަވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް އިނާޒްއަށް ހެޔޮދުޢާކުރާނަމެވެ.
ސާދުނާއަށް ލޯހުޅުވާލެވުނީ އިތުރުކާއްޓެއް ފުރާޅުމައްޗަށް ވެއްޓުނު އަޑަށެވެ. އޭނާގެ ލޯވަނީ ކަރުނައިން ތެންމާލައިފައެވެ







0 ޚިޔާލު:
Post a Comment