September 9, 2009

ދިވެހިރާއްޖޭގައި ފުރަތަމަ މީހުންދިރި އުޅެން ފެށީ ނ. ލަންދޫގައި










"ދިވެހިރާއްޖޭގައި ފުރަތަމަ މީހުންދިރި އުޅެން ފެށީ ނ. ލަންދޫގައި "
އަޅުގަޑުގެ އުފަން ރަށާބެހޭގޮތުން ދިވެހި ތާރީހުގައި އެއްވެސް އެއްޗެއް ފެންނަން އޮތްތޯ ކުރިމަސައްކަތުން ލިބުނީ ހިތްހަމަޖެހޭ ވަރުގެ މަޢުލޫމާތު ކޮޅެކެވެ. އެހެނީ އަޅުގަޑަށް ލިބުނު މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ނ. ލަންދޫ މިރަށް އުފެދެމުން ، ވޮޑެމުން ދިޔައިރު ބޮޑުކުޅިއެއް އުފެދުނެވެ. އެކުޅި އޮތްތަން މިހާރުވަނީ ކުއްޅަވަތް ފަލަކައް ބަދަލްވެފައެވެ. ރަށަކީ ކުރީޒަމާނުގައި ރާއްޖޭގެ ފަނޑިޔާރު ބޭކަލަކަށް އޮންނަރަށެކެވެ. ބުނެވޭ ގޮތުގައި މިއީ " ދުވާލަކު 1000 ކާށި ބިންމަތީގައި ޖެހޭ " މާރަށެކެވެ.
މިރަށަކީ އާސާރީގޮތުން ހާއްސަރަށެކެވެ. މިރަށުގައި " ރެދިން " ގެ މާބުދުގެ ކިޔާތަނެއް ހުރެއެވެ. ތަނުގެ ވަށަމިނަކީ 190 ފޫޓެވެ. މިހާރުގެ އުސްމިނަކީ 21 ފޫޓެވެ. 1987މ. ވަނަ އަހަރު ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒާއި އިންޑިޔާގެ އާކިއޮލޮޖިލަލް ޓީމަކާއި ގުޅިގެން މިތަންބަލައި ތަހުގީގު ކުރުމުން އެގުނީ ބުދުދީނުގެ މޮނާސްޓްރީ އަކުން މިހާރު ހުރި ހަމައެކަނިތަން ކަމެވެ. އެސަރަހައްދުން އެމޮނާސްޓްރީގައި ހިމެނޭ އަނެތް 6 ތަނުގެ ބިންގާފެނުނެވެ. އަދި އެތަނާއި ގުޅިގެން އޮންނަންޖެހޭ ވެޔޮވެސް އޮތްކަމަށް އަލްއުސްތާޒް މުހައްމަދު އިބުރާހިމް ލުތުފީ ވިދާޅުވެފައި ވެއެވެ. މިރަށާއި މަނަދޫއަށް އެއްފަހަރަށްވުރެ ގިނަފަހަރު މަލާބާރީންގެ ދުއްތުރާފޯރައި ރަށް ލޯޓުވަމުންދާތީ މުލީގޭ ދޮންހަސަންމަނިކުފާނުގެ ( ފަހުން ދޮންބަންޑާރައިން ) އިސްވަޒީރުކަމުގައި ކޮރުބަންޑާރައިންގެ ދަރިކަބަލުން އާމިނާ ރަނިކިލެގެފާނު ރާއްޖޭގެ ވަލީއާހަވާލްވެ ވަޑައިގެން ހުންނެވި ދުވަސްވަރު އެރަށްރަށަށް ހިމާޔަތްތެރިކަން ދެއްވިއެވެ.
ލަންދޫ ދޮންއަލީގެ އިސްމާއިލްގެ އަހުމަދުއާއި އޭނާގެ އަބި މަރިޔަން އަށް " ބަންޑާރަ ދަތުރާއި ބޮލުވާރުކަޑުއްވައި ދެއްވައި އެބައިމީހުންނަށް " ބޮލުމަކަނަ " އާއި މަގުމަރަވަޅި ( އުންޖެހި މަރަވަޅި ) އާއި ސާލު އާއި " ބާބީ " އާއި ކަސާރީ މުންޑާއި ، ހުރަސްރޮގު ލުންގިޔާއާއި ބައިންޖެހި ފޭއްޔާއި އަންހެނުންގެ ކަންފަތު ރަންމުންޖާއި ކަރުފައްޓަރާއި އަތުކުރީ ހަވާދުލީ ރިހިއުޅަލާއި އިގިލި ރަންމުދި " 1210ހ . ވަނައަހަރު އައްސުލްތާން ހަސަން ނޫރައްދީ 1 ގެ ފަތްކޮޅުން ހުއްދަދެއްވާފައި ވެއެވެ. އެފަތްކޮޅުގައި ވާގޮތުން އެމަރިޔަމް އޭނާގެ ފިރިއަހުމަދު ގާތުންވަރިވެއްޖެނަމަ މަރިޔަން އަށް ހުއްދަކުރެވުނު ތަކެތި ބޭނުންކޮށްގެން ނުވާނެކަން އެނގެއެވެ. އާދެ ! އެޒަމާނުގައި މިތަކެތި ބޭނުންކުރެވެނީ ރަދުންގެ ހާއްސަ އިޒުނަފުޅެއް ލިބިގެންނެވެ. ލަންދޫއަކީ ކަމުވޮށިގެންވާ ހަރުމީހުން އުޅުނުރަށެކެވެ. މީ މުހައްމަދު އިބުރާހިމް ލުތުފީ ދިވެހިތާރީހަށް ލިއުއްވާފައިވާ ލިއުންކޮޅެކެވެ.
މިސަރަހައްދާ ވަރަށް ކައިރިން ވަރަށް މުސްކުޅިއަކުރަކުން ، ހަތަރު ފަރާތުގައި ލިޔެފައިވާ ހިރިގަލެއްވަނީ ފެނިފައެވެ. މީގައިހުރީ އިންޑިޔާގައި ވަރަށްކުރީ ދުވަސްވަރުގައި ބޭނުންކުރި އަކުރެއްގެ ވައްތަރަކުން ލިޔެފައެވެ. މިލިޔުން ދިރާސާކުރެއްވި ޕްރޮފެސަރ ގިޕާރޓް ވިދާޅުވަނީ ، މީގައި ލިޔެފައިވަނީ ވަޖްރަޔާނާ ބުޑިޒަމްގެ ފަންޑިތައެއް ކަމުގައެވެ. މިގަލުގައިވާ އަކުރަކީ އިންޑިޔާގެ ދެކުނުގައި ބޭނުންކުރި ބްރަހްމީގެ ވައްތަރެކެވެ. ނަމަވެސް މިއަކުރަށް ބައެއް ބަދަލުއައިސްފައި ވެއެވެ. މިލިޔުންހުރީ ވަރަށް ސާފްކޮށް އެގޭގޮތަށެވެ. ވީމާ މިލިއުމަށް ބަރޯސާކުރުމަށްފަހު އެތްޗެކޭ ދަންނަވާނަމަ ބުނެވޭނީ އަދި ރާއްޖޭން މިހާކުރީގެ ތާރީހެއް އޮތް ލިއުމެއްއަޅުގަޑަކަށް ފެނިފައެއް ނެތެވެ. ވީމާ މިރަށަކީ ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ފުރަތަމަ ރަށައް ވިސް ފަހަރުގައި ވެދާނެއެވެ. އަދި ބުނެވެންވިސް ފުރުސަތު އެބައޮތެވެ.
ލަންދޫގެ އާސާރީ ސަރަހައްދަކީ އިތުރަށް ދިރާސާކޮށް ރައްކާތެރިކުރަންވެފައި އޮތް މުހިންމު އާސާރީ ސަރަހައްދެކެވެ. ދާދި މިދާކަށް ދުވަހު އެސަރަހައްދާ ކައިރި ހިސާބަކުން މީހަކު ކެޔޮފީން އިންދަން ވަޅެއް ކޮންނަމުން ދަނިކޮށް ކުރީގެ ގޮތައް ބިނާ ކުރެވިފައިވާ ވަޅެއްވަނީ ފެނިފައެވެ. އަދި އަނެއްފަރާތުން ލިޔެސްގެ ދަޑުވެރިން ގަހެއްޖަހާލުމައް ކޮނުނު ކޯރުންވެސް ވަނީ ތަނެއްގެ ބިންގާ ފެނިފައެވެ. މީގެން އެގުނު އެއްޗަކީ އެސަރަހައްދު ހަމަ ހަގީގަތުގައިވިސް މިހާރު އެވަނީ ދިރާސާކުރަން ޖެހިފައެވެ. އެހެންނޫނީ ރަށުގެ އާސާރީ މިފަދަ ބައެއް ތަންތަން ނުފެނި ގެއްލި ހިގައިދާނެއެވެ. ވީމާ މިކަމަށް ތިބާގެ ވިސްނުން ހުރީ ކިހިނެއްބާއެ ؟ !!!!!!!!!!!!

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino