
ބޭނުންވާނެ ތަކެތި
2 މޭޒުމަތީ ސަމުސާ ހިކިކިރު
2 މޭޒުމަތީ ސަމުސާ ހަކުރު
2 މޭޒުމަތީ ސަމުސާ ވެނީލާ ޝޭކް ޕައުޑަރ
2 ތަށި އައިސް ފެން
6 އައިސް ކިއުބް
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ކުއްޅަވަކުގެ ތޮށި މަށާ ކޮށާލުމަށްފަހު ފެނަށް އަޅާފައި އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ދެން ފެނުން ކުއްޅަވައްތަށް ނެގުމަށްފަހު އެ ފެންފޮދުގެ ތެރެއަށް ފޮނިހެޔޮވަރުކޮށް ހަކުރު އަޅައި ފަނިގިރާށެވެ.
ޝޭކް ތައްޔާރުކުރުމަށް ފެންފޮދާއިއެކު ރަހަ ހެޔޮވަރުވާ ވަރަށް ކުއްޅަވައްކޮޅެއްވެސް މިކްސަރަށް އަޅާފައި ހަކުރު، ފެން، ޝޭކްޕައުޑަރ އަދި ހިކިކިރު އަޅާފައި ގިރާލުމަށްފަހު ފުރާނާލާށެވެ. ދެން ބިއްލޫރިތައްޓަށް އެޅުމަށްފަހު އައިސް ކިއުބް އަޅާށެވެ.
ނޯޓު: މިއީ ޖުވޭސް ރެސިޕީން ނަގާފައިވާ މަޢުލޫމާތުކޮޅެކެވެ.






0 ޚިޔާލު:
Post a Comment