ކީރިތި ޤުރުއާނަކީ ރޫޙާނީ ޝިފާއެއް ފަދައިން ބަލިތަކުގެ ވެސް ޝިފާއެކެވެ. މިއީ ދީނުގެ ގިނަ ޢިލްމުވެރިން މިކަމާމެދު ވިދާޅުވެފައިވާ ގޮތެވެ. އެކި ބައްޔަށް ޤުރުއާނުގެ އެކިތަންތަނާއި އެކި އެކި ސޫރަތް ކިޔަވަން އޮންނަ ކަމުގައި ދީނުގައި ފަންޑިތަ ހެދުމުގެ ގޮތްތައް ބަޔާންކުރަށްވާފައިވާ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެކަންކަން ބޮޑަށް އެނގޭނީ އެފަދަ ޢިލްމުވެރިއެއްގެ ކިބައިން މަޝްވަރާ ކުރެއްވިއްޔާއެވެ.
ނަމަވެސް އުޞޫލެއްގެ ގޮތުން ސޫރަތުލް ފާތިޙާއަކީ ހުރިހާ ކަމަކަށް ކިޔަވަން އޮންނަ ތަނެކެވެ. އެއީ ހުރިހާ ކަމެއްގެ ޝިފާއެކެވެ. ކީރިތި ރަސޫލާގެ އަރިހުން އެކަމާމެދު ޙަދީސުފުޅުތައް ޞައްޙަމަގުން އައިސްފައި ވެއެވެ. ލޮބުވެތި އަޞްޙާބު ބެއިކަލުން އެއަށް ޢަމަލު ކުރަށްވާފައި ވެއެވެ. އަދި ދީނުގެ ޢިލްމުވެރިން އެއަށް ޢަމަލު ކުރަށްވާފައި ވެއެވެ. އިމާމު އިބްނުލް ޤައްޔުމާ ބެހޭ ގޮތުން އައިސްފައިވެއެވެ. އެކަލޭގެފާނު ހުންފުޅެއް އަތުވެއްޖެނަމަ ޒަމްޒަމް ފެން ތަށްޓަކަށް ސޫރަތުލް ފާތިޙާ އޮނަހިރި ޢަދަދަށް ކިޔަވާ ވިދާޅުވެ، ފުމެ ލައްވާފައި، ހިޕަވާ ކަމުގައި ވެއެވެSeptember 23, 2009
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment