އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެ ޕާޓީގެ ލީޑަރު ޑޭވިޑް ކެމަރޫން ދެއްވި ދަޢްވަތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މި އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުންނެވެ.






0 ޚިޔާލު:
Post a Comment