ތެދުވެރިކަމަކީ އިންސާނާގެ ގައިގާ ހުންނަންޖެހޭ އެއްމެ ރިވެތި އެއްސިފައެވެ.  އަޅުގަނޑުގެ ނަޒަރުގައި އިންސާނާ އިންސަނަކަށް ވަނީވެސް އޭރުންނެވެ. ދުނިޔޭގެ އުޑުދަށުގައި ކޮންމެ ކުލައެއް ޖެހިފައި، ކޮންމެ ދީނެއްގެ ހިޔަލުގައި ތިބިބަޔަކު ކަމުގައިވިޔަސް އެބައެއްގެ ސަލާމަތުގެ އެންމެ މަތިވެރި ސިއްރަކީ، ތެދުވެރިކަން ކަމުގައި ނުދެކޭނެ ބަޔަކު ނުތިބޭނެއެވެ.
ހަމައެފަދައިން، ބާއްޖަވެރިކަމުގެ ޙަޔާތެއް ވޭތިކުރާންއެދޭ ކޮންމެ އުއްމަތެއް، އެބައެއްގެ ސިޔާސަތެއްކަމުގައި ބަލާނީ އެބައެއްގެ ތެރޭގައި އޮންނަ ތެދުވެރިކަމެވެ. އަޅުގަޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަށް ލިބުނުހާ ގެއްލުމަކާއި ހަލާކެއްގެ މުޅި ސިއްރަކީ ކޮބައިތޯއެވެ؟ އަޅުގަޑަކަށް ހަމަ ކުޑަވެސް ޝައްކެއްނެތެވެ. ދިވެހި އުއްމަތަށް ލިބުނު ކޮންމެ ގެއްލުމެއްގެ އެންމެބޮޑު ސިއްރަކީ ތެދުވެރިކަން އަޅުގަޑުމެންގެ މެދުން ގެއްލިގެން ދިޔަކަމެވެ.
އާދޭހެވެ! ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ހަށިގަނޑާއި ފުރާނައިން ޤުރުބާންވާނެކަމަށް ހުވައިކޮށްގެންތިބި މީހުންނަށް އެއިޤްރާރަށް، ދީނަށް ޙުރުމަތްތެރިވެ ތިބުމަށް ހުވައިކޮށްގެން ތިބި މީހުންނަށް އެމަތިވެރި ހުވަޔަށް ތެދުވެރިވެވުނުނަމަ، އިޚްލާޞްތެރި ވެވުނުނަމަ، ދިވެހިރާއްޖެއަށް މިއަދު ލިބިފައިމިވާ ގެއްލުންތަކެއް ނުލިބުނީސް ކަންކަށަވަރެވެ. ޤައުމުގެ އެންމެ ފަރުދެއްގެ ކަމުގައިވިޔަސް އެމީހާގެ ތެދުވެރިކަމެއް ހުރިނަމަ އެމީހާއަށް ލިބިފައިވާ ބާރުގެ ބޭނުން ހިތަށް އެރިހާގޮތަކަށް، ރައްޔިތުންގެ ޙައްޤުތަކަށާއި، ދައުލަތުގެ ފައިސާއަށާއި، ތަނުގެ ވިޔަފާރިއަށް ހަދަމުން ނުދިޔައީސްކަން ޔަޤީނެވެ.
   
ނަމަވެސް، އަޅުގަޑުމެންނަށް، އަޅުގަޑުމެންގެ ވާޖިބަށް ތެދުވެރި ނުވެވުމުގެ ސަބަބުން، މިދިވެހިރާއްޖެއަށް އެގެއްލުންތައްލިބި ނިމި ހިނގައްޖެއެވެ. މިއަދު މިވަނީ، މަސައްކަތްތެރި ވަރުބަލި ދާތަކާއި، ހިތާމަވެރި ކަރުނަތަކެއް އޮހޮރުވަމުން، ވެއްޓުނު ވަޅުގަނޑުން އެރޭނޭ ތަދުބީރެއް ކުރާންޖެހިފައެވެ. ވީމާ، ކަމުގެ އެންމެ ވަރުގަދަ ބޭހެއްކަމުގައި، އަދި އެންމެ ސީދާ ފަންޑިތައެއް ކަމުގައި އަޅުގަނޑު ދެކޭގޮތް މިދަންނަވަނީއެވެ. އެއީ ތެދުވެރިކަމުގެ ރީތި ސިފަ އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުކުރެވޭތޯ ބެލުމެވެ. މަކަރާއި ހީލަތް، ޚިޔާނާތާއި ރިޝްވަތު، އަޅުގަޑުމެންގެ ތެރެއިން ނައްތާލައި، ތެދިވެރިކަމުގެ ރީތި ސިފަ އާލާކުރުމެވެ. މާތް ވެގެންވާ އަޅުގަނޑުމެންގެ އިސްލާމް ދީން ބާރު އަޅަނީވެސް ތެދުވެރިކަމަށެވެ. " އާދޭ! ޝާއިރު ވިދާޅުވަނީ، ތެދިވެރުކަން ނެތީވިއްޔާ ދެދުނިޔެއިން ގެއްލި ނިމިދާނޭ!..

0 ޚިޔާލު:
Post a Comment