October 12, 2009

ރައީސް ނަޝީދަކީ ޔޫރަޕާއި އެމެރިކާގެ "އޭޝިޔާގެ އޮބާމާ

ރައީސް ނަޝީދަކީ ޔޫރަޕާއި އެމެރިކާގެ "އޭޝިޔާގެ އޮބާމާ"

seal the deal

ރައީސް ނަޝީދަށް ޔޫރަޕާއި އެމެރިކާގައި "އޭޝިޔާގެ އޮބާމާ"ގެ ނަމުން މުޚާޠަބު ކުރެވެމުން ދާކަމަށް ޚާރިޖީ ވަޒީރު ޑރ.ޝަހީދު ވިދަޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަމީނީމަގުގައި ހުންނަ އެމް.ޑީ.ޕީގެ ހަރުގޭގައި ރޭގައި އޮތް ބައްދަލުވުމެއްގައެވެ. ހުޅަނގުގެ ޤައުމުތަކުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވަމުންދާ ކާމިޔާބީ ތަކުގެ އިތުރުން އަވައްޓެރި ޤައުމުތަކުގައިވެސް އެމަނިކުފާނުގެ މަޝްހޫރުކަން އިތުރުވަމުން ދާކަމުގެ ޚަބަރުވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. މިގޮތުން އިންޑިޔާގެ ޔުނިވަރސިޓީއަކުން ރައީސް ނަޝީދަށް ފަޚުރުވެރިކަމުގެ ޕީ.އެޗ.ޑީއެއް އަރުވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން މިޕީ.އެޗް.ޑީއާ ރަސްމީކޮށް އެމަނިކުފާނު ޙަވާލުވެވަޑައިގަތުމުން އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށްވެސް ޑރ.ގެ ލަޤަބު އަންނާނެއެވެ. އަދި އެމަނިކުފާނަށް އެހާރުން މުޚާޠަބު ކުރެވޭނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ނަޝީދުގެ ނަމުންނެވެ. ރައީސް ނަޝީދުވަނީ ވެރިކަމުގައި މިވީ ކުރު މުއްދަތުގައި މިހާތަނަށް ދިވެހިރާއްޖޭގެ އެއްވެސް ރައީސަކަށް ނުލިބޭވަރުގެ ކާމިޔާބީތަކާއި މަޝްހޫރުކަން ހޯއްދަވާފައެވެ. އަދި ޚާއްޞަކޮށް ބައިނަލްއަޤްމާވީ މަސްރަޙުގައި އެމަނިކުފާނު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަނގަ ކޮށްލެވޭ ފަދަ ކާމިޔާބީއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ފުރަތަމަ ފަހަރަށް ބޭއްވުނު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވަޑައިގެން ހުންނެވި ރައީސް ނަޝީދަށް "އޮބާމާ"ގެ ނަމުން މުޚާޠަބު ވުމަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭނޭ ފަޚުރެކެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino