October 11, 2009

ތުރުކީ އާއި ރާއްޖެއާއި ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުން

ތުރުކީ އާއި ރާއްޖެއާއި ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުން

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ އާއި، އެޑިޔުކޭޝަންގެ ނާއިބު އަލްފާޟިލާ ޝިފާ މުޙައްމަދު އާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝަފީޢު އާއި ލާލޭ ޔޫތް އިންޓަރނެޝަނަލް ސްކޫލް ގެ ޕްރިންސިޕަލް ސާރކާން އަކަރް ވަނީ ތުރުކީ އަށް އިއްޔެފުރައިވަޑައި ގަންނަވައިފިއެވެ. މިދަތުރުފުޅުގައި ތުރުކީވިލާތުގެ ތަޢުލީމީ ދާއިރާގެ ބައެއްއިސްވެރިންނާއި ބައްދަލުކޮށް، އެ ޤައުމާއި ރާއްޖެއާއިދެމެދު މި ދާއިރާއިން ގުޅުންބަދަހިކުރުމާއި ތަޢުލީމީ ތަޖްރިބާ ހިއްސާކޮށްލުން ހިމެނެއެވެ. އަދި މީގެ އިތުރުން ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކޮށް އެތަންތާގެ އިސްވެރިންނާއިވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. ވޮކޭޝަނަލް އެޑިޔުކޭޝަން އަކީ ދާދިފަހުން ބޭއްވިގެންދިޔަ މަންހަޖް އިސްލާހުކުރުމުގައި ވެސް އައު މަންހަޖްގައި ފުޅާކޮށް ހިމެނުމަށް އެއްބަސް ވެވިފައިވާ ބައެކެވެ. އެއީ ބަދަލުވަމުން އަންނަ މުޖުތަމައުއެއްގައި ބޭނުންވާ އަސާސީ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށްޓަކައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ ވަނީ މިއަހަރުކުރީކޮޅުގައި އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނު " އެގްސިއަދް " ގެ އިސްބޭފުޅުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕާލިމަންޓްގެ ވައިސް ސްޕީކާރ އާއި ޕާލިމަންޓްގެ އެޑިޔުކޭޝަން ކޮމިޝަންގެ ޗެއަރޕާސަން އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވެއެވެ. މި އެއްހަފްތާގެ ދަތުރުވަނީ ތުރުކީގެ ތަޢުލީމީ ހަރަކާތްތަކަށް އެހީތެރިވާ ވިޔަފާރި ޖަމިއްޔާއަކުން ސޮޕޮންސަރ ކޮށްފައެވެ. މި ވަފުދު ރާއްޖެއަށް އެބުރި އައުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 18 ގައެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino