![]() 27 އޮކްޓޯބަރ 2009                2010 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި އެކު ދިވެހިރާއްޖޭގެ މަދަރުސާ ތަކުގެ ދަރިވަރުންނަށް އައި ރޭޑިއޯގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ތަކެއްހެން މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކޮމަންވެލްތް އޮފް ލަރނިންގ އާއި އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާ ގުޅިގެން ހިންގޭ މަޝްރޫއެކެވެ.           މިހާރު ވަނީ މިކަމަށް ބޭނުންވާ ސެޓް އަޕް ހަދާ ނިމިފައެވެ. އަދި އައި ރޭޑިއޯގެ ޓެސްޓިންގ މިއަދު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި ބޭއްވޭނެއެވެ. މިކަމަށްޓަކައި އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ޓެކްނިކަލް ޓީމަކާއި ކޮމަންވެލްތް އޮފް ލަރނިންގ ގެ ޑިރެކްޓަރ މރ. ސްރީދަރަން މިހާރު ރާއްޖެ ވަޑައިގެން ދަނީ މިކަމުގެ އެންމެ ފަހުގެ ތައްޔާރީ ތައް ވަމުންނެވެ. މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ މިދިޔަ ހަފްތާގައި ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގައި ހުންނަ ކޮމަންވެލްތް މީޑިއާގެ ބޭފުޅުންނާއިއެކު ބައްދަލުވުންތަކެއް ބާއްވާ މިއަހަރުގެ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހު ރަސްމީ ގޮތުން އައި ރޭޑިއޯ ހުޅުވުމަށް ވަނީ ހަމަޖައްސަވާފައެވެ. އައި-ރޭޑިއޯގެ މަސައްކަތް ކުރައްވާ މުއައްޒަފުންގެ ތެރެއިން 3 ބޭފުޅަކަށް ކޮމަންވެލްތް އޮފް ލަރނިންގ އިން އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާގައި ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ތައް ކުރިއަށް ދާނީ މި އަހަރުގެ ނޮވެމްބަރ މަހުގެ 18 އިން 25 އަށެވެ. ސްކުލްތަކުގެ މުއައްޒަފުން ބޭނުންވާ ތަމްރީންތައް ސެންޓަރ ފޮރ ކޮންޓިނިއުއިންގ އާއި ސްކޫލްތަކާއި ގުޅިގެން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ހުރި އިންޓަރނެޓް ލިބޭ ހުރިހާ ސްކޫލްތަކަކަށްވެސް އައި-ރޭޑިއޯ ގެ ޚިދުމަތް ލިބޭނެއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކޮމަންވެލްތް އޮފް ލަރނިންގ އިން ޚަރަދުކޮށްގެން ފައްޓަވާ މި މަޝްރޫޢުގައި މިހާރު އެންމެ ހަލުވި ގޮތެއްގައި ކުރެވެމުންދަނީ އައި ރޭޑިއޯ އިން ފޮނުވައިދެވޭނެ ޕްރޮގްރާމް ތައް ރެކޯރޑް ކުރުމުގެ މަސައްކަތެވެ.  |                | 
October 28, 2009
ދިވެހިރާއްޖޭގެ ދަރިވަރުންނަށް އައި ރޭޑިއޯގެ ޚިދުމަތް ލިބުމުގެ ހުރިހާ ތައްޔާރީ ތަކެއް ނިމިފައި
Subscribe to:
Post Comments (Atom)







0 ޚިޔާލު:
Post a Comment