October 28, 2009

އަންހެން މުދިމުންނަށް އިޖްތިމާޢީ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކްއެފެއާޒް މިނިސްޓަރ ވިދާޅުވެއްޖެ

އަންހެން މުދިމުންނަށް އިޖްތިމާޢީ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކްއެފެއާޒް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖޭގައި ހުރި އަންހެނުންގެ މިސްކިތްތަކަށް ސަރުކާރުން ކުރައްވާ ޚަރަދުތައް ހުއްޓާލައްވާއިރު އެތަންތަނުގައި މުދިމުންގެ ގޮތުގައި ތިބި އަންހެނުންނަށް އިޖްތިމާޢީ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކްއެފެއާޒް މިނިސްޓަރ ވިދާޅުވެއްޖެ. މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ނޫސްވެރިންނަށް އިއްޔެ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަށްބޭނުންވާ ފައިސާ ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް
ރާއްޖޭގައި ހަތްސަތޭކަ ވިހި މިސްކިތް ހުރިއިރު މީގެތެރެއިން ދުއިސައްތަ ދިހަ މިސްކިތަކީ އަންހެނުންނަށް ޚާއްޞަ މިސްކިތްތައް. މިމިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކަށްކުރާ ޚަރަދުތައް މިހާރުވެސް ހުއްޓާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އެމަނިކުފާނު ހާމައެއްނުކުރައްވާ. މީގެއިތުރުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދީނީގޮތުން ޚިލާފު އުފެދިފައިވާ ބައެއްކަންތައްތަކާބެހޭގޮތުން ދީނުގައިވާ ގޮތްތަައް އަންގަވައިދެއްވުމަށް މުހިންމު ފޮތްތަކެއް ނެރުއްވުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino