މި ދިޔަ 8 އޮކްޓޯބަރ 2009 ވީ ބުރާސްފަތި ދުވަހު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 47 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލް ބަލައިގަނެ މަޖިލީހުގެ 7 މެމްބަރުންގެ ވަޤުތީ ކޮމެޓީއަކަށް ފޮނުއްވައިފިއެވެ.
މިބިލުގެ ދެވަނަ ކިޔުމުގެ ބަޙުސަށް ކަނޑައެޅިފައިވާ ވަޤުތުގެ ތެރޭގައި 25 މެންބަރަކު ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު، މަޖިލީހުން ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން އެވަޤުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުން ބިލުވަނީ ފާސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިލު ސަރުކާރުން ހުށަހަޅުއްވާފައިވަނީ މަތީ ތައުލީމާބެހޭ ހަރަކާތްތަށް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޔުނިވަރސިޓިއެއް ގާއިމްކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީއާއި ރައްޔިތުންނަށް ޒިންމާވާ މުސްތަގިއްލު ގިއުގަނޑެއްގެ ތެރެއިން ހިނގާ ތަނެއްގެ ގޮތުގައި ޔުނިވަރސިޓީ އޮތުމަކީ މުހިއްމު ކަމެއްކަމަށް އަދި ރައްޔިތުންނާއި ރައްޔިތުންގެ މުސްތަގްބަލާ ގުޅުންހުރި މިފަދަ ތައުލީމީ މުއައްސަސާއެއްގެ މަގްސަދުތަކާއި މަސްއޫލިއަޔަތުތަކާއި ބާރުތަކަށް ގާނޫނީ ސިފައެއް ލިބިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީއެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ އުފެދޭއިރުވެސް ހަރުދަނާ އަދި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ތަނަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ތެރެއަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލަމިއްޔާ އެއްކޮށްލުމުގެ މަސައްކަތްވެސް ވަރަށް ހަލުއިކޮށް ހިނގަމުން އެބަދެއެވެ. މިގޮތުން މިހާރު ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ކުއްލިއްޔާގެ ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ނެގުން، ކުއްލިއްޔާ ލައިބްރަރީގެ ފޮތްތަކުގައި ބާރކޯޑް ޖެހުން، ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ މުވައްޒަފުންނާއި ދަރިވަރުންނަށް ކޮލެޖުގެ ލައިބްރަރީތަކުން ޚިދުމަތް ދޭންފެށުން، ސެކިއުރިޓީ ގޭޓް ހަރުކުރުން، ކުއްލިއްޔާގެ ލައިބްރަރީ މުވައްޒަފުންނަށް ކޮލެޖު ލައިބްރަރީގެ އިންޓަރނަލް ތަމްރީންތައް ދިނުން ހިމެނެއެވެ.

0 ޚިޔާލު:
Post a Comment