މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަޙުމަދު ޢަލި މަނިކު އާއި އެމެރިކާގެ މަތީ ތަޢުލީމުގެ ކަންތައްތައް ބައްލަވާ ލެއްވުމަށްޓަކައި ރާއްޖޭން އެމަނިކުފާނާއެކީ ދަތުރުކުރަމުންދާ ވަފްދު އެމެރިކާގެ ތަފާތު ސަރަހައްދު ތަކުގެ މުހިންމު ތައުލީމީ އިންސްޓިޓިއުޓް ތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. ދަތުރުގެ މިހާ ހިސާބަށް ޒިޔާރަތް ކުރެއްވި ބައެއް ތަންތަނަކީ ޔޫ.އެސް ސްޓޭޓް ޑިޕާރޓްމަންޓް، ޑިޕާރޓްމަންޓް އޮފް އެޑިޔުކޭޝަން، ޖޯޖް ވޮޝިންގްޓަން ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ފީނިކްސް ފަދަ އަމިއްލަ ޔުނިވަރސިޓީ އަށާއި، މޭރީލޭންޑް ޔުނިވަރސިޓީ އާއި މިޗިގަން ސްޓޭޓް ޔުނިވަރސިޓީ އާއި އެރިޒޯނާ ޔުނިވަރސިޓީ ފަދަ އާންމު ޔުނިވަރސިޓީ ތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް އެކްރިޑިޓޭޝަން އިންސްޓިޓިއުޓް ތަކާއި ވޮކޭޝަނަލް އންސްޓިޓިއުޓް ތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަން ތަކާއި ކޮމިއުނިޓީ ކޮލެޖް ތަކަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތް ތަކުގައި ރައްޖޭގެ މަތީ ތަޢުލީމުގެ ކުރިމަގު ރޭވުމުގައި އާއި ރިސާޗް ގެ ފުރުސަތުތަކާ ކްރެޑިޓް ޓްރާންސްފަރ ގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެމެރިކާގެ އިންސްޓިޓުޓް ތަކުންވަނީ ރާއްޖޭގެ މަތީ ތަޢުލީމް ކުރިއެރުވުމުގައި އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވާފައެވެ. މިހާރު މި ވަފުދުވަނީ ކެލިފޯނިޔާގައިއެވެ.
  
މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަޙުމަދު ޢަލި މަނިކު އެމެރިކާއަށް ފުރާވަޑައިގެންނެވީ 21 ސެޕްޓެމްބަރ ގައެވެ. އެ މަނިކުފާނުގެ މިދަތުރުފުޅުގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އެކްޓިންގ ރެޖިސްޓްރަރ އައިޝަތު ޢަލީ އާއި ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ ޑީން ޝާތިފު ޢަލީ އާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން މަރިޔަމް ރަޝީދާ ބައިވެރިވެ. އޮކްޓޯބަރ 16 ށް ދިގުދެމިގެންދާ މިދަރުތުރު ސްޕޮންސަރ ކޮށްފައިވަނީ، އެމެރިކާ ސަރުކާރުންނެވެ.

0 ޚިޔާލު:
Post a Comment