| މަދަނަ ޕްލަސްގެ ދަށުން ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން އެންސްޕާގެ ކޯލް ސެންޓަރުން ހުއްދައެއް ހޯދަންޖެހޭގޮތަށް 'އެންސްޕާއިން ހަމަޖައްސަވައިފި | 
މަދަނަ ޕްލަސްގެ ދަށުން ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން އެންސްޕާގެ ކޯލް ސެންޓަރުން ހުއްދައެއް ހޯދަންޖެހޭގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ''އެންސްޕާ''އިން ހަމަޖައްސަވައިފި. މަދަނަ ޕްލަސް އަކީ މަދަނައިގެ ޚިދުމަތް ފުޅާކުރުމުގެގޮތުން މަދަނައިގެ ދަށުން ރާއްޖެއިން ބޭސްފަރުވާ ނުކުރެވޭ ބަލިތަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭ ޚިދުމަތެއް. މިޚިދުމަތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މިހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާފައި. އެންސްޕާއިން ވިދާޅުވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޚިދުމަތް ދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް. މަދަނަ ޕްލަސްގެދަށުން ޞިއްޙީ ފަރުވާގެ ޚިދުމަތް އިންޑިޔާގެ ޓްރިވެންޑްރަމްއިން ހަތަރު ހޮސްޕިޓަލަކާއި، ސްރީލަންކާގެ ހޮސްޕިޓަލަކުން މިހާރު ވަނީ ހަމަޖެހިފަ.  | 
October 28, 2009
މަދަނަ ޕްލަސްގެ ދަށުން ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން އެންސްޕާގެ ކޯލް ސެންޓަރުން ހުއްދައެއް ހޯދަންޖެހޭގޮތަށް 'އެންސްޕާއިން ހަމަޖަ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment