November 15, 2009

އަތޮޅުތަކުގެ ޞިއްޙީ ދާއިރާއިން 15 މަގާމެއް އުވާލާގޮތައް ނިންމައިފި

އަތޮޅުތަކުގެ ޞިއްޙީ ދާއިރާއިން 15 މަގާމެއް އުވާލާގޮތައް ނިންމައިފި

އަތޮޅުތަކުގެ ޞިއްޙީ ދާއިރާއިން ފަނަރަ މަގާމެއް އުވާލައްވައި އެމަގާމުތަކުގައި ތިބި މުއައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން މިމަގާމުތައް އުވާލުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ފެށުމާއެކުއެވެ. ހެލްތް މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން އަތޮޅު ތަކުގައި ޞިއްޙީ ޚިދުމަތް ދެމުންގެންދާ ތަންތަން ދަރަޖަކުރެވި އަލުން އެކުލަވާލެވުނު އޮނިގަނޑުގައި ނުހިމެނޭ މަގާމުތަކަކީ، އެސިސްޓެންޓް މެނޭޖަރ، ޕަބްލިކް ހެލްތް ޕްރޮގްރާމް ކޯޑިނޭޓަރ، ރީޖަނަލް ހެލްތް އެޑްމިނިސްޓްރޭޓަރ، ފިޒިއޮތެރަޕީ އެސިސްޓެންޓް، ޑެންޓަލް އެސިސްޓެންޓް، ޕާޗޭސިންގ އޮފިސަރ، އެސިސްޓެންޓް ފޯމަން، ލެބޯޓްރީ އެސިސްޓެންޓް، ފޫޅުމާ، ކައްކާ ނުވަތަ ކައްކާގެ އެހީތެރިޔާ، އިލެކްޓްރިޝަން އަދި އެސިސްޓެންޓް އިލެކްޓްރިޝަން، ހެލްތް އޮގްޒިލަރީ، ވޮޗަރު، އަދި އެމްބިއުލެންސް އެސިސްޓެންޓްއެވެ. މިމަގާމުތަކުގައި ތިބި މުވައްޒަފުން ދޫކޮށްލާ، މަގާމުތައް އުވާލުމުގެކުރިން، އެމުވައްޒަފުންގެ ތެރެއިން އެމިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހުސްކޮށްހުރި މަގާމުތަކުގެ ތެރެއިން މަގާމެއްގެ ޝަރުތު ހަމަވާ މުވައްޒަފުން އެއިން މަގާމަކަށް ބަދަލުވުމަށް އެދޭނަމަ އެމުވައްޒަފަކު އެމަގާމަކަށް ބަދަލު ކުރުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ވެބްސައިޓްގައިވެއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޚަލީލް ވިދާޅުވީ ހެލްތް މިނިސްޓްރީން ދޫކޮށްލައްވާ މުއައްޒަފުންގެ އަދަދު ހަސަތޭކައަށް އަރާނެ ކަމަށް ބެއްލެވޭ ކަމަށެވެ.އުވާލުމަށް ހަމަޖެހިފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އަމިއްލައަށް އެދިގެން ވަޒީފާ ދޫކޮށްލަން ބޭނުންވާ މުވައްޒަފުންނަށް ފަނަރަ ޑިސެމްބަރުގެ ކުރިން އެކަމަށް އެދުމުގެ ފުރުޞަތު ހެލްތް މިނިސްޓްރީން ވަނީ ހުޅުއްވާލައްވާފައެވެ. މިގޮތުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިގެން ދޫކޮށްލެވޭ މުވައްޒަފުން ދޫކޮށްލެވޭނީ އެކަމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ދިނުމަށްފަހު ކަމުގައިވެސް ހެލްތްމިނިސްޓްރީން ހާމަކުރައްވައެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino