ޑިމޮކްރަސީ ފެއަރ ބޮޑުތަރުހީބަކާއެކު ނިމިއްޖެ
ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމުކުރެވުނުތާ އެއްއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑިމޮކްރަސީ ފެއަރ ބޮޑުތަރުހީބަކާއެކު ނިމިއްޖެއެވެ. އިއްޔެރެއިން ފެށިގެން ރޭގެ ނިޔަލަށް ދަރުބާރުގޭގައި ބޭއްވި މިފެއަރއަށް ދިހަހާހަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިފެއަރ އިންތިޒާމުކުރި ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން ޝުޢައިބު ޢަލީ ވިދާޅުވީ ޚިޔާލުތަފާތުވުންތަކާއެކުވެސް ތިން ބާރުގެ ހުރިހާ ފަރާތްތަކާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ޙަވާލުވެވަޑައިގެން ތިއްބެވި ހުރިހާފަރާތްތަކުންވެސް މިފެއަރއިން ރައްޔިތުންނަށް ރަމްޒުކޮށްދެއްވީ ޑިމޮކްރަސީއަށް އިސްކަންދެއްވާމިންވަރު ކަމަށެވެ.ދަރުބާރުގޭގައި ބޭއްވި މިފެއަރގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި، ރައްޔިތުންގެ މަޖިލީހާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ދައުލަތުގެ މުސްތަޤިއްލު މުއައްސަސާތަކާއި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކާއި މިހުރިހާ ފަރާތްތަކުން ބައިވެރިކުރެއްވި ސްޓޯލްތަކުގެ ޢަދަދު ސަތޭކައަށްގިނަވާނެއެވެ.






0 ޚިޔާލު:
Post a Comment