އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ކަނޑައަޅުއްވާފައިވާ 28 މިލިޔަން ރުފިޔާގެ ބަޖެޓްގެ ބާވީސް އިންސައްތަ ކުޑަކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެހާސްދިހަވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ އަށާވީސް މިލިޔަން ރުފިޔާގެ ބަޖެޓްގެ ބާވީސް އިންސައްތަ ކުޑަކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރެއްވިއިރު، އޮޑިޓަރޖެނެރަލަށް މިހާރު ކަނޑައެޅިފައިވާ އެއްލައްކަ ރުރިޔާގެ މުސާރަ ކުޑަކޮށް، މުސާރައާއި އެލަވަންސްގެ ގޮތުގައި ޖުމްލަ ފަންސާސް ހަތްހާސް ފަސްސަތޭކަ ރުފިޔާ ދޭން ނިންމާފައިވެއެވެ. މާލިއްޔަތުކޮމެޓީގެ ފަރާތުން ވާހަކަދެއްކެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މިގޮތައް މިމުސާރަ ކަނޑައެޅުއްވީ ދައުލަތުގެ މިނިވަން މުސްތަގިއްލު މަގާމްތަކުގެ މުސާރާތައް އެއްހަމައެއްގައި ހަމަޖެއްސުމުގެ ވިސްނުންފުޅުގައިކަމަށެވެ. މަޖިލީހުން ބަޖެޓް ފާސްވިއިރު އަށާވީސް މިލިއަން ރުފިޔާގެ ބަޖެޓް ވަނީ ބާވީސް މިލިއަން ރުފިޔާއަށް ކުޑަކުރެވިފައިއެވެ.

0 ޚިޔާލު:
Post a Comment