November 17, 2009

ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު މިހާރު އުވާނުލާ ގޮތަށް ނިންމައިފި

ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު މިހާރު އުވާނުލާ ގޮތަށް ނިންމައިފި

ދައުލަތުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު އުވާލަން ނިންމުމަށް ފަހު އެ ފަންޑު އުވާނުލާ ގޮތަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު އުވާލުމާއި ފަންޑުގައި ހިމެނޭ ފައިސާ އިންވެސްޓްކުރުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހާ ބެހޭ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޖިލީހުން ނިންމާފައިވަނީ ފަންޑުގައި ހުރި ފައިސާ އެއްފަހަރާ އިގްތިސާދުގެ ތެރެއަށް ދޫކޮށްލުމުން، އެ ފައިސާ ކޮންސަމްޕްޝަނަށް ހަރަދުކުރެވިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ފޯރާނެތީ ޕްރޮވިޑެންޓް ފަންޑު މިހާރު އުވާނުލައި ބޭއްވުމަށް ކަމަށެވެ

ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު މިއަދު ވިދާޅުވީ މިދިޔަ މަހުން ފެށިގެން ފައިސާ ޖަމާކުރުން ހުއްޓާލާފައިވާ ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާއާ މެދު އަމަލުކުރަންވީ ގޮތުގެ ލަފާ ހޯދުމަށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ވަކި ގޮތަކަށް އަމަލުކުރަން އެ އޮފީހުން އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ

“އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކަށް ރައީސް އޮފީހުން ޖަވާބެއް ލިބުމުން ގޮތެއް ނިމޭނީ. މިހާރު އޮންނަ ގޮތުން ވަޒީފާ އިން ވަކިވާ މީހުންނަށް ފައިސާ ދޫކުރެވޭނީ. އަދި ފަންޑުގެ ގަވައިދުގައި އޮންނަ އުސޫލްގެ މަތިން ފައިސާ ދޫކުރަމުން ގެންދަން،” ޝަފީގު ވިދާޅުވި އެވެ

ފިނޭންސް މިނިސްޓްރީން ދާދިފަހުން ބުނީ ޕްރޮވިޑެންޓް ފަންޑަށް ފައިސާ ޖަމާކުރުން މިދިޔަ މަހުން ފެށިގެން ހުއްޓާލިއިރު، ޖޫން މަހުގެ ނިޔަލަށް 435212806.14 ޖަމާކޮށްފައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ޖަމާކުރި 199603547.27 އާއި ސަރުކާރުން ޖަމާކުރި 335609258.87 ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ
ފިނޭންސް މިނިސްޓްރީން ބުނީ ފަންޑު މެދުކަނޑާލި އިރު ފައިސާ ޖަމާކޮށްފައި ވަނީ 18806 މުވައްޒަފުން ކަމަށެވެ
އެ މިނިސްޓްރީން ބުނީ ޕްރޮވިޑެންޓް ފަންޑަށް ފައިސާ ޖަމާކުރުން ހުއްޓާލީ ސަރުކާރުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެއް އުފެއްދުމާ ގުޅިގެން ކަމަށެވެ

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino