ޕްރިންސް އެންޑްރޫ އަމިއްލަ ދަތުރުފުޅެއްގައި މިއަދު ހަވީރު އައްޑުއަތޮޅަށް ވަޑައިގެންފި
އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ދަރިކަލެއްކަމަށްވާ ޕްރިންސް އެންޑްރޫ އަމިއްލަ ދަތުރުފުޅެއްގައި މިއަދު ހަވީރު އައްޑުއަތޮޅަށް ވަޑައިގެންފިއެވެ..
ޕްރިންސް އެންޑްރޫއަށް ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރުޙަބާދެންނެވީ މިވަގުތު ޗުއްޓީގައި ހުންނެވި ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީއެވެ. މީގެ އިތުރުން ނާއިބް ރައީސްއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ކަމަށް މޯޑުއަށް ވަނީ ހަބަރު ލިބިފައެވެ.
އަދި އެއަރޕޯޓްގައި އައްޑުއަތޮޅުގެ ގިނައަދެއްގެ ރައްޔިތުން ދިވެހިސަރުކާރުގެ ދިދަ އާއި އިނގިރޭސިވިލާތުގެ ދިދަ ހިފައިގެން އިސްތިޤުބާލުގައި ތިބިކަމައްވެއެވެ..
ޕްރިންސް އެންޑްރޫ އައްޑުއަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ޚާއްޞަ މަތިންދާ ބޯޓެއްގައެވެ..
އެންޑްރޫގެ މިދަތުރުފުޅާއިބެހޭގޮތުން ރަސްމީ އެއްވެސްފަރާތަކުން އަދި ކޮންމެންޓެއްނުކުރި ނަމަވެސް ޚަބަރުލިބިފައިވާ ގޮތުގައި ކުރިޔަށްއޮތް ދެ ދުވަހަށް ރޭވިފައިވާ ޕްރޮގުރާމްގެ ތެރޭގައި އާރް އޭ އެފް ސަރަހައްދުގައި އިގިރޭސީން އުޅުނުގޮތް ދައްކުވައިދޭ ހަނދާނީ ފޮޓޯތަކެއް ޕްރިންސް އެންޑްރޫ ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެކުނު ޕްރޮވިންސް އޮފީހުގެ ތަޅުދަނޑި އެމަނިކުފާނަށް އެރުވުމާއި، އައްޑުއަތޮޅުގެ ހިމާޔަތްކުރި ސަރަހައްދު ބައްލަވާލެއްވުންވެސް ޕްރޮގްރާމްގައި ހިމެނޭ ކަމަށް މައުލޫމާތުލިބިފައިވެއެވެ. އައްޑުއަތޮޅަކީ ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު އިގިރޭސި ރޯޔަލް އެއަރފޯސްގެ މަރްކަޒެއް ގާއިމުކުރެވުނު އަތޮޅެކެވެ.

0 ޚިޔާލު:
Post a Comment