November 18, 2009

ނ.އަތޮޅުގެ އަތޮޅުފަންޑުން ލޯނުދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯން ފައިސާ ދައްކަމުންނުދާ ފަރާތްތައް ބަލަންފަށައިފިއެވެ

ނ.އަތޮޅުގެ އަތޮޅުފަންޑުން ލޯނުދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯން ފައިސާ ދައްކަމުންނުދާ ފަރާތްތައް ބަލަންފަށައިފިއެވެ

މިލަދުންމަޑުލު ދެކުނުބުރީގެ އަތޮޅު ފަންޑުން ލޯނުދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯން ފައިސާ ދައްކަމުންނުދާ ފަރާތްތައްބަލާ އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ނ އަތޮޅު ކައުންސެލާ މުހައްމަދު މާހިދު މޫސާފުޅު ވިދާޅުވީ އަތޮޅު ފަންޑުން ލޯން ދޫކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ލޯންފައިސާ ގިނަފަރާތްތަކަކުން ދައްކަމުން ނުދިއުން ކަމުގައެވެ. އެހެންކަމުން ނ އަތޮޅު ކައުންސެލަރުންގެ ބައްދަލްވުމުން ނިންމާފައިވާ ފައިދައިން އެފައިސާ ހޯދުމަށްޓަކައި ފައިސާ ނަގާފައިވާ ފަރާތްތަކާއި މިހާރު ބައްދަލް ކުރަމުންދާ ކަމަށާއި އަދި އެފައިސާ އެފަރާތްތަކަށް ދެއްކޭނީ ކިހިނެތްތޯއާއި ދެއްކޭނީ ކިހާ މުއްދަތެއްގައިތޯ ބައްލަވަމުން ގެންދަވާ ކަމަށްވެސް ކައުންސެލާރ ވިދާޅުވިއެވެ. އެހެންނަމަވެސް ނ އަތޮޅު ފަންޑުން ފައިސާ ނުދައްކާ ވަނީ ކިހާ ފަރާތްތަކެއްކަމެއް އަދި ނުލިބެނީ ކިހާ ފައިސާއެއްކަމެއް ނ އަތޮޅު ކައުންސެލާރ ހާމައެއް ނުކުރައްވައެވެ.
މީގެ އިތުރުން މާހިދު ވިދާޅުވީ މިހާރުވަނީ އަމަލު ކުރަމުންދާ އެގްރީމެންޓްވެސް އިސްލާހްކުރެވި އަދި ލޯން ދޫކުރުމަށް ބޭނުންވާ ގާނޫނީ ލަފާވެސް ހޯދާފައި ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ކުރީކޮޅު އަތޮޅު ފަންޑުން ލޯން ދޫކުރަން ފެށޭވަރުވާނެ ކަމަށްވެސް ނ އަތޮޅު ކައުންސެލާރ މައުލޫމާތުދެއެވެ
.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino