ރައްޔިތުންގެ މަޖްލިސްގެ ގޮޑިއެއް ހުސްވަނީ
މާލޭ މުނިސިޕަލްޓީއަށް ގެނައި 8.6 މިލިއަން ރުފިޔާގެ ކޮޅުވެއްޓިއެއްގެ މައްސަލާގައި އޭރު ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ޙަވާލުވެ ހުރި، މިހާރުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލްޙަމީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ގޮތެއްގައި ވަކިބަޔަކަށް މަންފާހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާތީ އޭނާއާއި ދެކޮޅަށް ކޮރަޕްޝަންގެ ދައުވާކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިއްޔެ ޖިނާއީ ކޯޓަށް މައްސަލަ ހުށަހަޅާފިއެވެ. ކުރިން އެމްޑީޕީ މެމްބަރަކަށް ދާދިފަހުން ވެފައިވާ އިސްމާއީލް އަކީ ކުރިން ޑީއާރުޕީގެ ޙަރަކާތްތެރި މެމްބަރެކެވެ. ނަމަވެސް ވެރިކަން ބަދަލުވެ އެމްޑީޕީ އަށް ބާރުލިބުމުން އިސްމާއީލް ވެސް ސަރުކާރަށް ދީލާލާ މައްސަލަ އޮއްބަލެވޭނެ ކަމަށް އެމްޑީޕީ އަށް ވެންނެވީއެވެ.
ނަމަވެސް އެމްޑީޕީއަކަށް އިސްމާއީލް ސަލާމަތް ކުރެވިދާނެ ކަމަށް މިހާރު ގަބޫލު ނުކުރެވެއެވެ. އިސްމާއީލް އާއި ދެކޮޅަށް ހުށަހެޅިފައިވާ މިމައްސަލަސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖަލަށްލުމަށް ޙުކުމްކުރެވޭނެއެވެ. ރައްޔިތުންގެ މަޖްލިސްގެ މެމްބަރަކަށް ޝަރީޢަތުން މިފަދަ ޙުކުމެއްކޮށްފިނަމަ އޭނާގެ މެމްބަރުކަން ގެއްލޭނެއެވެ. އެހެން ކަމުން ކާށިދޫ ދާއިރާގެ ގޮޑި ވަރަށް އަވަހަށް ހުސްވެދާނެ ކަމަށް ބެލެވެއެވެ

0 ޚިޔާލު:
Post a Comment