November 19, 2009

ކުއްލި ހަބަރު: އޫރު ރޯގާޖެހިގެން ރ. އިނގުރައިދޫ މީހެއް ނިޔާވެއްޖެ!

ކުއްލި ހަބަރު: އޫރު ރޯގާޖެހިގެން ރ. އިނގުރައިދޫ މީހެއް ނިޔާވެއްޖެ!

އޫރު ރޯގާޖެހިގެން ރ. އިނގުރައިދޫ މީހެއް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. swine-flu-virus.jps

ފަހުގެ ޚަބަރުތައް ލިބޭގޮތުގައި އޫރު ރޯގާ ޖެހިގެން ނިޔާވެފައިވަނީ ރ އިނގުރައިދޫ ޗާންދަނީވިލާ، އުމުރުން 65 އަހަރުގެ އަބްދުއް ރަހުމާން (ސަންފަސޮރު) ކަމުގައި މުއުތަބަރުގޮތެއްގައި ވަނީ ހަބަރުލިބިފައެވެ. މިހަބަރު ހެލްތު މިނިސްޓްރީއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިސައިޓަށް ޚަބަރު ލިބިފައިވާ ގޮތުގައި އަބްދުއް ރަހުމާން ރާއްޖޭން ބޭރަށް ގޮސްފައި ނުވިނަމަވެސް ދާދިފަހުން މާލެ އައިސް ހައްޖަށް ފުރުވަން އެއާރޕޯޓަށް ގޮސްފައިވާކަމަށްވެއެވެ. އަދި ހަމައެދުވަސްކޮޅު އޭނާ ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށްވެސް ވަނީ ދައްކާފައެވެ. އަދި އޭނާ ނިޔާވެފައިވަނީ އިނގުރައިދޫގައި ހުއްޓާ ހާލުބޮޑުވެގެން ރ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ހަބަރުލިބެއެވެ. އޭނާ އަށް އޫރު ރޯގާ ޖެހިފައިވާކަން ޝައްކު ކުރެވިގެން މާލެއަށް ސާމްޕަލް ގެނެސް ޓެސްޓު ހަދައި އޫރު ރޯގާ ޖެހިފައިވާކަން ވަނީ ކަށަވަރުކޮށްފައެވެ.

ރ އިނގުރައިދޫން ހަބަރު ލިބިފައިވާ ގޮތުގައި އިނގުރައިދޫ މީހަކު އޫރު ރޯގާ ޖެހި ނިޔާވުމާއި ގުޅިގެން ރަށުގެ މީހުން މުހިންމު ކަމެއްގައި މެނުވީ ބޭރަށް ނުނުކުތުމަށް ރަށު އޮފީހުންވަނީ އިލްތިމާސް ކޮށްފައެވެ.

އޫރު ރޯގާ ޖެހިފައިވާ ހަ މީހަކު ރާއްޖެއިން ފެނިފައިވާއިރު މިއީ ދިވެހިރާއްޖޭގައި އޫރުރޯގާ ޖެހި ނިޔާވި ފުރަތަމަ މީހާއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino