ޞަދަޤާތެއްގެ ގޮތުގައި ދެވުނު އަންހެން ޖަމަލު
ތަރުޖަމާ: އަޚް އަބޫ ކަޘީރް جزاه الله خير
 
  13 ނޮވެމްބަރު  2009 - މިއީ ޙަޤީޤީ ވާހަކައެކެވެ. މިކަންތައް ހިނގާފައިވަނީ މީގެ  ގާތްގަނޑަކަށް 100 އަހަރު ކުރިންނެވެ. މި ވާހަކަވަނީ ރޭޑިއޯތަކުގައިވެސް  ބްރޯޑްކާސްޓު ކުރެވިފައެވެ. އެއީ އިބްނު ޖަދްޢާން ކިޔުނު މީހެކެވެ. ހޫނު މޫސުމުގައި  އޭނާ ބޭރަށް ގޮސް އުޅޭގޮތް އޭނާ ކިޔައިދިނެވެ. ދުޅަހެޔޮ ރަނގަޅު ޖަމަލުތައް  އޭނާއަށް ފެނެއެވެ. އޭގެ ވައްގަނޑުތައް ވަނީ ފަޅައިގެންދާވަރަށް ފުރިބާރުވެފައެވެ.  ކުދި ޖަމަލުތައް އެސޮރުމެންގެ މަންމަގެ ގާތަށް (ކިރު ބުއިމަށް) ދާ ހިނދު, އެއަށް  ލިބިފައިވާ ދީލަތި ބަރަކާތާއި ހެވުގެ ސަބަބުން, އެއިން ކިރު ފައިބަން ފަށައެވެ.  އެހެންކަމުން އޭނާ (އެބަހީ އިބްނު ޖަދްޢާން) އޭތީގެ ދަރިއާއިއެކު ވާ އެންހެން  ޖަމަލަށް ބަލައިލިއެވެ. އަދި ހަނދާންވީ ހަތް ދަރިން ތިބޭ އޭނާގެ އަވައްޓެރިޔާގެ  މަތިންނެވެ. އޭނާ ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ! އަހަރެންގެ މި އަންހެން ޖަމަލާއި  އޭގެ ދަރި ޞަދަޤާތެއްގެ ގޮތުގައި އަހަރެންގެ އަވައްޓެރިޔާއަށް ދޭނީއެވެ." އަދި އޭނާ  ސޫރަތު އާލް ޢިމްރާންގައިވާ މި އާޔަތް ކިއެވެ. ﷲ ވަޙީކުރައްވަނީ:
އަދި އޭނާގެ ނަޢަމްސޫފިތަކުގެ ތެރެއިން އެންމެ ލޯބިވެތި އެއްޗަކީ މި އަންހެން ޖަމަލެވެ. އެހެންކަމުން, އޭނާ އޭތި އޭގެ ދަރިއާއެކު ގެންގޮސް އަވައްޓެރިޔާގެ ދޮރުގައި ޓަކިދިނެވެ. އަވައްޓެރިޔާ ނިކުތުމުން, މީ ކަލެއަށް އަހަރެންދޭ ހަދިޔާއެކޭ ބުންޏެވެ. އޭނާގެ މޫނު އުފަލުން ބަބުޅައިގެން ދިޔައެވެ. އަދި ބަދަލުގައި ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނޭނގުނެވެ.
އެހެންކަމުން އަވައްޓެރިޔާ, އެ ޖަމަލުގެ ކިރުން ފައިދާ ލިބިގަތެވެ. އަދި ދަރު އުފުލުމައްޓަކައި ބޭނުން ކުރިއެވެ. އަދި އޭތީގެ ދަރިންތައް ބޮޑެތިވުމުން ވިއްކުމަށްޓަކައި އިންތިޒާރުކުރަމުން ދިޔައެވެ. ކޮންމެއަކަސް މި ޖަމަލުން އެ އަވައްޓެރިޔާ ބޮޑެތި ފައިދާތައް ހޯދިއެވެ.
ހޫނު މޫސުން ނިމުމުން, ފެން ލިބުން ދަތި ޙަރީފް މޫސުން އަތުވެއްޖެއެވެ އެހެންކަމުން ބަދަވީންތައް ފެން އަދި ވިނަ ހޯދުމުގެ މަސައްކަތް ފަށާއިފިއެވެ. އޭނާ އޭނާގެ ސާމާނުތައް އެއްކޮށްގެން ފެން ހޯދުމަށާއި ބިމުގައިވާ ވަޅުގަނޑުތައް ހޯދުމަށް ދަތުރު ފެށިއެވެ. މި ވަޅުގަނޑުތަކަކީ ބިމުއަޑީގައިވާ ފެނުގެ އާރުތަކާއި ގުޅިފައިވާ ވަޅުގަނޑުތަކެކެވެ. މި ވަޅުގަނޑުތަކުގެ އަނގަތައްވަނީ ބިމުގެ މައްޗަށްކަން ބަދަވީންނަށް ރަނގަޅަށް އެނގެއެވެ.
އޭނާ (އެބަހީ އިބްނު ޖަދުޢާން) ފެން ނެގުމައްޓަކައި މިއިން ވަޅުގަނޑަކަށް އެރުނެވެ.
އޭނާގެ ތިން ކުދިން ވަޅުގަނޑުގެ ބޭރުގައި މަޑުކޮށްގެން ތިއްބެވެ. ކޮންމެއަކަސް, އޭނާ އަނބުރާ ނުއެއް އެރިއެވެ. އޭނާގެ ކުދިން ތިން ދުވަސްވަންދެން އިންތިޒާރުގައި ތިއްބެވެ. އެއަށްފަހު އުންމީދު ކަނޑާލިއެވެ.
އެމީހުން ބުނީ ފަހަރެއްގައި ހަރުފައެއް ވިހަލައިގެން ބައްޕަ މަރުވީ ކަންނޭނގެއެވެ. ނުވަތަ އޭނާ ބިމުގެ އަޑިއަށް ގެއްލި ހަލާކުވީ ކަންނޭނގެއެވެ. އެކުދިން މަޑުކޮށްގެން ތިބީ ބައްޕަ މަރުވާނެ ދުވަހަކަށެވެ. އެއީ އޭނާގެ މުދާތައް އެމީހުންގެ މެދުގައި ބަހާލުމަށްޓަކައެވެ. (އަދި މިކަމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން އަހަރެމެން އެދެމެވެ.)
އެހެންކަމުން, އެކުދިން ގެއަށް ގޮސް އޭނާގެ މުދާތައް އެކުދިންގެ މެދުގައި ބަހާލިއެވެ. އަދި ފަޤީރު އަވައްޓެރިޔާއަށް އެމީހުންގެ ބައްޕަ (އިބްނު ޖަދްޢާން) ދިން އަންހެން ޖަމަލުގެ މަތިން ހަނދާންވިއެވެ. އެމީހުން އެ އަވައްޓެރިޔާގެ ގާތަށްގޮސް ބުންޏެވެ, "ރަނގަޅުވާނީ އެހެން ޖަމަލެއް ނެގުމަށްފަހު, ތި އަންހެން ޖަމަލު އަހަރެމެންނަށް ދިނިއްޔާއެވެ. އެހެންނޫނީ, އަހަރެމެން ކަލޭ އަތުން ގަދަކަމުން އަތުލާނަމެވެ. އޭރުން އެއްވެސް އެއްޗެއް ނުލިބޭނެއެވެ."
އެމީހުންގެ ބައްޕަ ގާތުގައި އެވާހަކަ ބުނާނެކަމަށް އެ އަވައްޓެރިޔާ ބުންޏެވެ. އެހެންކަމުން, އެމީހުންގެ ބައްޕަ މަރުވި ޚަބަރު އެމީހުން ދިނެވެ. ބައްޕަ މަރުވީ ކޮންތާކު ކިހިނެއްތޯ އޭނާ ސުވާލުކުރިއެވެ. އަދި އޭނާގެ ގާތުގައި ނުބުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. އެމީހުންގެ ބައްޕަ އެ ވަޅުގަނޑުން ނުނިކުތް ވާހަކަ އެމީހުން އަވައްޓެރިޔާއަށް ކިޔައިދިނެވެ.
އަވައްޓެރިޔާ ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ! އަހަރެން އެތަނަށް ގެންގޮސްދޭށެވެ. އަދި ކަލޭމެންގެ ޖަމަލު ގެންގޮސް ހަދާ އެއްޗެއް ހަދާށެވެ. އަހަރެން އެ އަނބުރާ ބޭނުމެއްނޫނެވެ."
އެމީހުން އަވައްޓެރިޔާ އެތަނަށް ގެންދިޔައެވެ. އެތަން ފެނުމުން އޭނާ ވާގަނޑެއް ގެނެސް ވަޅުގަނޑުގެ ބޭރުގައި އެއްސިއެވެ. އަދި އުއްބައްތިއެއް ހިފައިގެން ވަޅުގަނޑު ތެރެއަށް ފައިބަން ފެށިއެވެ. އެންމެ ފަހުން, ތެތްކަން އިހުސާސު ކުރެވެން ފެށިއެވެ. އަދި ކުއްލިއަކަށް! ފެން ގަނޑުގެ ކައިރީގައި ހުރެގެން ހަޅޭއްލަވާ މީހެއްގެ އަޑު އޭނާއަށް އިވުނެވެ.
ވަށައިގެން އަތް ކާއްތަކުން މިއަޑާއި ދިމާލަށް އޭނާ ދާން ފެށިއެވެ. އަދި އެމީހާ (އިބްނު ޖަދްޢާން) ގެ ގައިގާ އޭނާގެ އަތް ޖެހުނެވެ. އަވައްޓެރިޔާ އޭނާގެ ނޭވާ ބެލިއެވެ. އެއް ހަފްތާ ވީއިރުވެސް އޭނާ ނޭވާލަނީއެވެ. އަވައްޓެރިޔާ އޭނާ ބޭރަށް ދަމާ ނެރުނެވެ. އަދި އަވިން ސަލާމަތް ކުރުމަށްޓަކައި އޭނާގެ ލޯ ނިވާކުރިއެވެ. އޭނާއާއި އެކު ގެންދިޔަ ކަދުރުކޮޅު ފެންފޮދަކަށް ލައި ފޯކޮށްފައި އަނެކާއަށް ދިނެވެ.
އެއަށްފަހު ބުރަކަށިމަތީގައި, އަވައްޓެރިޔާގެ ގެއަށް އޭނާ ގެންދިޔައެވެ. އޭނާގެ ދަރިންނަށްވެސް ނޭނގި ތިއްބާ އަނެއްކާ ހެޔޮޙާލަށް އޭނާ އަތުވެއްޖެއެވެ. ދެން އަވައްޓެރިޔާ އޭނާ ގާތު އެހިއެވެ. "ﷲ ގަންދީ އަހަރެން ގާތު ބުނާށެވެ! އެއް ހަފްތާ ވަންދެން ކަލޭ ބިމުގެ އަޑީގައި ވިއެވެ. އެކަމަކު, މަރެއް ނުވެއެވެ؟!"
އިބްނު ޖަދްޢާން ކިޔައިދިނެވެ. "އަހަރެން ކަލޭ ގާތު ޙައިރާން ކުރުވަނިވި ވާހަކައެއް ބުނާނަމެވެ. އަހަރެން އެތަނަށް ދިޔަފަހުން އަހަރެން ގެއްލުނީއެވެ. އަދި ރާޅުތައް އަހަރެންގެ ހުރިހާ ފަރާތަކުން އައިސް އަހަރެން ގެންދިޔައެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ. އެންމެ ރަނގަޅުވާނީ އެ ފެންގަނޑުގެ ކައިރީގައި އޮތިއްޔާއެވެ. އެހެންކަމުން, އަހަރެން އެ ފެންގަނޑުން ބޯން ފެށީމެވެ. އެކަމަކު, ކަރުހިއްކުމެއް ނުފިލައެވެ. އެފެން އަހަރެންނަކަށް ނުފުދުނެވެ. އަދި ތިން ދުވަހުގެ ބަނޑުހައިހޫނުކަން އަހަރެންގެ މައްޗަށް ގަދަވެގަތެވެ. މުޅިހަށިގަނޑު އޭގެ ސަބަބުން ބަލިކަށިވީއެވެ. އަހަރެން އުއްޑުން އޮށޯވެގެން އޮވެ, އަހަރެންގެ ނަފްސާއި ހުރިހާކަމެއް ﷲ އަށް ވަކީލުކޮށްލީމެވެ. އަދި ކުއްލިއަކަށް! އަހަރެންގެ އަނގައަށް ކިރު އެޅޭކަމުގެ ހޫނު އިޙްސާސުކުރެވެން ފެށިއެވެ. އަހަރެން އެކަނު އަނދިރިކަމުގެ ތެރޭގައި އޮތީމެވެ. ބޯތަށްޓެއް އަހަރެންގެ އަނގަޔާއި ކައިރިއަށް އަންނަތަން ދުށީމެވެ. އަހަރެންނަށް ފުދޭވަރަށް އަހަރެން ބުއިމުން, އެތަށި އެނބުރި ދެއެވެ. އެދުވަހު 3 ފަހަރަށް މިފަދައިން ކަންތައް ވިއެވެ. އެކަމަކު, ދެން ޖެހިގެން އައި ދެދުވަހު މިކަން ހުއްޓިއްޖެއެވެ. ވީގޮތެއް ނޭނގެއެވެ."
އޭނާގެ އަވައްޓެރިޔާ އޭނާގެ ގާތު ބުންޏެވެ. "އޭގެ ސަބަބު ކަލެއަށް އެނގިއްޖެނަމަ, ކަލޭ އަޖައިބު ވާނެއެވެ. ކަލޭގެ ދަރިން ހީކުރީ ކަލޭ މަރުވީކަމަށެވެ. އަދި އެމީހުން އަހަރެންގެ ގާތަށް އައިސް, އޭގެން ﷲ ތަޢާލާ ކަލެއަށް ކިރުދެއްވަމުން ގެންދެވި ޖަމަލު ގެންދިޔައީއެވެ."
ލޮބުވެތި މުސްލިމުންނޭވެ! މުސްލިމު މީހާވަނީ އޭނާ ދޭ ޞަދަޤާތުގެ ނިވަލުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.






0 ޚިޔާލު:
Post a Comment