އިނގުރައިދޫ ކުޑަކުއްޖަކު އިންފުލުއެންޒާ އޭއަށް ޕްޒިޓިވްވެއްޖެ
އިނގުރައިދޫ ކުޑަކުއްޖަކުއިންފުލުއެންޒާ އޭއަށް ޕްޒިޓިވްވެއްޖެކަމަށް ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލުން ހާމަކުރައްވައިފިއެވެ. މިކުއްޖާ އިންފުލުއެންޒާ އޭއަށް ޕޮޒިޓިވްވެފައިމިވަނީ އިނގުރައިދޫމީހަކަށް އޫރުރޯގާޖެހިގެން އިއްޔެ މަރުވެފައިވާތީ، އެމީހާޔާ ކައިރިން މުޢާމަލާތްކޮށްފައިވާ ފަރާތްތައް ޓެސްޓުކުރަމުންދަނިކޮށްކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. މިކުއްޖާ އޫރު ރޯގާއަށް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލުންވިދާޅުވެއެވެ. އިންފުލުއެންޒާ އޭއަށް މިފަހަރު ޕޮޒިޓިވްވެފައިވަނީ އުމުރުން ހަތަރުއަހަރުގެކުއްޖެއްކަމަށްވެސް ސީ ސީ އެޗް ޑީ ސީން މައުލޫމާތުދެއެވެ. މިއީ އެމީހާޔާ ކައިރިން މުޢާމަލާތްކޮށްފައިވާ ފަރާތްތަކުގެތެއިން ހަވަނައަށް ޓެސްޓުކުރެވުނު ފަރާތްކަމަށް ސީ ސީ އެޗް ޑީސީން ފާހަގަކުރައްވައެވެ

0 ޚިޔާލު:
Post a Comment