ކިބުރުވެރި މާކަނާ
ކަނޑުގުރުވަ ނޫނިއްޔާ ނުކާން ހިތްވަރު ކުރޭ އެބަ މާކަނާކަނޑުފަޅުގެ ރާޅާ ހޫނުގައި އެއްޗެއް ނުކައި ވާއިރު ހަނާ
ބަންބަންޖަހާފައި ރާޅުތައް އައިސް ތޮށިމަތީ ހުރިގާތަކަށް
ޑަންޑަންކިޔާ ޖެހިއަސްގަޔަށް އިންތާ އިނދޭ އެބަމާކަނާ
ފައިކައިރިއަށް ލަނޑަޔާ ހިކާ އަދި ރާޅުބާ އައިސް އުޅުނަކަސް
ގައިގައި އައިސް ތެޅުނަސް ބަލާނުލަތޭ ކިބުރުވެރި މާކަނާ
ކަޅުއޮށްތަކާއި އަދި ފިލޮޅުތައް މުށިމަސްތަކާ ގިނަ ފާނަތައް
އަޅުދާސްވެގެން އައިސް ތިއްބަކަސް ތުންވެސް ނުޖަހައޭ މާކަނާ
ގުރުވާ ނިކަން ދުރުގަލަކުގައި ދުރުމީ އަޅައިގެން އިނދެބުނީ
ފަރުދާވެގެންނޭ މަމިހުރީ ނުޖެހޭނެ ތުނބުގައި މާކަނާ
ގުރުވައިގެ މަސް ދެންނުލިބިގެން އަސުރަށްވުރެން އިރުދަންވުމުން
ހިރިލާނެވަރު ނެތިގެން މަޑުންއެރި އެއްގަމަށް އެބަމާކަނާ
ކުދިކުދި ކޮކާ މޫނަށްބުރާ ތަންދޮރު މިކުޑަވާގޮތް ވުމުން
ކުނިދެންވެފައި އޮތްމީދަލެއް ކައިގެންވިޔޭ މަރު މާކަނާ
ގޮތްދޫނުކުރެވޭ މީހުނާމެދު ހާލުހުރި ގޮތަކީ މިއޭ
އޮތްގޮތް މިއީކަން ގިނަފަހަރު ލަސްކަރުގެ ވިސްނާ މާކަނާ






0 ޚިޔާލު:
Post a Comment