| އޫރު ރޯގާއަށް ފަރުވާދިނުމަށް ރާއްޖެ އޮތީ ތައްޔާރީ ހާލަތެއްގައި- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ | 
އޫރު ރޯގާއަށް ފަރުވާދިނުމަށް ބަލާއިރު ރާއްޖެ މިއޮތީ ތައްޔާރީ ހާލަތެއްގަކަމަށާއި ޢާންމުންވެސް މިކަމަށް ތައްޔާރުވެގެން ތިބިއްޔާ މިއީ، ބިރުގަންނަން ޖެހޭކަމެއް ނޫންކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑަށް މަޢުލޫމާތުދެއްވަމުން އެސެންޓަރުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އެއް ބޭފުޅެއްކަމަށްވާ ހެލްތް މިނިސްޓްރީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑޮކްޓަރ އަހްމަދު ޖަމްޝީދު މުހަންމަދު ވިދާޅުވީ، މި ބަލި އިތުރަށް ފެތުރިދާނެތީ ސިއްހީ ދާއިރާ އޮތީ ތައްޔާރީ ހާލަތެއްގައިކަމަށާއި، މިގޮތުން ހުރިހާ އަތޮޅެއްގައިވެސް ފަރުވާ ދެވެން ހުންނާނެކަމަށާއި މިކަމަށް ކުރާ ޓެސްޓްތައްވެސް ރާއްޖެއިން ކުރެވޭނެކަމަށްބުންޏެވެ. އަދި ޢާންމުންވެސް މިބައްޔާބެހޭ މަޢުލޫމާތު ހޯދާ ބަލިން ރައްކާތެރިވާނެގޮތާއި މިފަދަ މަޢުލޫމާތު ހޯދާ މިކަމަށް ތައްޔާރުވެގެން ތިބިނަމަ މިއީ، ބިރުގަންނަން ޖެހޭކަމެއް އޮތްކަމެއް ނޫންކަމަށްވެސް ޑޮކްޓަރ އަހްމަދު ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.އޫރު ރޯގާ ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހާ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހު ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައެވެ. މިބަލީގައި ފުރަތަމަ ފަހަރަށް މަރުވި އެއަތޮޅު އިނގުރައިދޫ 65 އަހަރުގެ މީހާއާ ކޮންޓެކްޓް ވެފައިވާކަމަށް ބެލެވޭ ހަތަރު އަހަރުގެ ކުޑަކުއްޖަކުވެސް އިއްޔެ ވަނީ، އޫރު ރޯގާއަށް ޕޮސިޓިވްވެފައެވެ. މީގެއިތުރުން އެއަތޮޅުން އިތުރު ތުއްތު ދެކުދިންނާއި ބޮޑުމީހަކު އިންފްލުއެންޒާއޭއަށް ޕޮޒިޓިވް ވިކަން ހެލްތް މިނިސްޓްރީން ރޭ ހާމަކުރެއްވިއެވެ. އަނެއްކޮޅުން، މ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ މީހަކުވެސް އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އިންފްލުއެންޒާ އޭއަށް ޕޮޒިޓިވް ވެފައިވާ މި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ މިއަދުގެ ވަގުތެއްގައި އިގޭނެކަމަށް ހެލްތްމިނިސްޓްރީން މަޢުލޫމާތުދެއެވެ.އޫރު ރޯގާ ޖެހިފައިވާ 8 މީހުން މިހާތަނަށް ރާއްޖޭން ފެނިފައިވާއިރު، އޭގެ ތެރެއިން ދެމީހުންނަކީ ދެ ބިދޭސީންނެވެ  | 
November 21, 2009
އޫރު ރޯގާއަށް ފަރުވާދިނުމަށް ރާއްޖެ އޮތީ ތައްޔާރީ ހާލަތެއްގައި- ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment