| މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލު މަޖިލީހުން ބޭރުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށްބުނެ މަދަނީ ޖަމްއިއްޔާތަކުން އެކަން ކުއްވެރިކޮށްފި | 
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ،މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލު މަޖިލީހުން ބޭރުކުރުމަށްޓަކައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށްބުނެ، ރާއްޖޭގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން އެކަން ކުއްވެރިކޮށްފިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި ދެކޮޅަށް މަސައްކަތްކުރާ މިޖަމްއިއްޔާތަކުން މިއަދު ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިބިލު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފައިސާވެރިން މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި ފައިސާގެ އަދަދުތައް ހުށަހަޅަމުންދާކަމަށެވެ. އަދި މިއަމަލު މިހާރުން މިހާރަށް ހުއްޓާލުމަށާއި މިފަދަ އަމަލުތަކަށް އިޖާބަނުދިނުމަށް މަޖިލީހުގެ މެމްބަރުންނަށް މިނޫސްބަޔާނުގައި ގޮވާލާފައިވެއެވެ..  | 
November 22, 2009
މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލު މަޖިލީހުން ބޭރުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށްބުނެ މަދަނީ ޖަމްއިއްޔާތަކުން އ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment