| ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފަށަނީ | 
ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ، މާލީ ގޮތުން އެޓީމްތަކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިންގް ކޯޕަރޭޝަން އިން ބުނެފިއެވެ. އެމް.އެން.ބީ.ސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ މިއަދު ހެނދުނު އަށެއްޖަހާއިރު ހާއްސަ ރަސްމިއްޔާތަކާއި އެކު ފަށާ މި ހާއްސަ ޕްރޮގްރާމްތައް ކުރިއަށްދާއިރު އެސް އެމް އެސް މެދުވެރިކޮށާއި އަދި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި މިކަމަށްޓަކާ ބެހެއްޓިފަހި ހުނަންނަ ހާއްސަ މޭޒުތަކަށް ޒިޔާރަތްކޮށް ސާފް ގޭމްސް ގައި ބައިވެރިވާ ޤައުމީ ޓީމްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮސްދިނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށް ވެސް ހުޅުވާލެވޭނެކަމަށެވެ.އަދި މީގެ އިތުރުން ބޭނުންކޮންމެ ފަރާތަކަށްވެސް ޤައުމީ ޓީމް ތަކާއި މެދު އެފަރާތްތަކުގެ ހިތުގައި އުފެދިފައިވާ ޝުޢޫރާއި ޖޯޝް ހާމަކޮށްދިނުމުގެ ފުރުޞަތު އެމް.އެން.ބީ.ސީގެ ހަތަރު ޗެނެލް މެދުވެރިކޮށް ހުޅުވާލާނެކަމަށްވެސް އެމް.އެން.ބީ.ސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވިއެވެ.މި ހާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު އަށަކުން ފެށިގެން މާދަމާ ރޭ ބާރަ ޖެހުމާއި ހަމައަށެވެ.  | 
November 21, 2009
ސާފް ގޭމްސް ގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބްދީ މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް މިއަދު ފަށަނީ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment