November 24, 2009

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަންޖެހޭ އެންމެ ފަހު ދެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަންޖެހޭ އެންމެ ފަހު ދެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަންޖެހޭ އެންމެ ފަހު ދެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި.
އިލެކްޝަންސް ކަމިޝަނަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވި ދެބޭފުޅުންނަކީ މިދިޔަ އޮކްޓޫބަރުމަހުގެ އެކާވީސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި އަލީ މުހައްމަދު މަނިކު ދަފްތަރު ނަމަބްރު އަށާސަތޭކަ ފަންސާސްއެކެއް އަދި އަހްމަދު ފަޔާޒް ހަސަން މާފަންނު ހަޒާރީވިލާއެވެ.
މިދެނަން މަޖިލީހުން ފާސްވުމުން އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ފާސްކުރަންޖެހޭ ފަސް ނަން ފާސްވެ ނިމުނީއެވެ. އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ކުރިން ފާސްކޮށްފައިވާ އަނެއް ތިން ނަމަކީ އިބްރާހިމް ވަހީދު ގ ކަލާވެހި، ފުއާދު ތަވްފީގް މއ ތަޅަމުދިގެ އަދި މުހައްމަދު ފާރޫގް މާފަންނު ފުސްފަރާޤުގެއެވެ.
މިއަދުގެ މަޖްލިހުގައިވަނީގަނޫނުލްއުޤޫބާތުގައި ހިމެނޭ އަބުރާއިބެހުމުގެ ކުށުގެ ބައިތައް އުވާލަން ފާސްކޮށްފިއެވެ. މިމާއްދާތައް މަޖިލީހުގެ އަޣްލަބިއްޔަތުން މިފާސްކުރީ ޕްރޮސިކިއުޓަރޖެނެރަލާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާއި އިސްލާމިކް އެފެއަރޒް މިނިސްޓަރާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިމާއްދާތައް އުވާލުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިބިލް ދިރާސާކުރި އިޖްތިމާއީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.
މިބިލް މަޖިލީހަށް ހުށަހަޅުއްވަމުން އެޓަރނީޖެނެރަލް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ސަރުކާރުން މިއިސްލާހްގެންނަން ބޭނުންވަނީ އަބުރާބެހުމުގެ ކުށް ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެކަމަށް މަދަނީ ހައްލެއް ހޯދުން ރަނގަޅުވާނެކަމަށް ފެންނާތީކަމަށެވެ.
ގާނޫނުލް އުގޫބާތުގައި އަބުރާއިބެހުމުގެ ކުށް ހިމެނޭ ބައިތައް އުވާލުމަށް ނިންމުމުން މަޖިލީހުގެ ބައެއް މެމްބަރުންވަނީ އަބުރާއިބެހުމުގެ ކުށް ދެން މާނަކުރާނެގޮތަކާއިމެދު ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ.
ގާނޫންގެ ބައިތައް އުވާލުމުން ދެން އަމަލުކުރަން އޮންނާނީ ދެހާސް ހަތްވަނަ އަހަރު ޖަސްޓިސް މިނިސްޓްރީން އަމަލުކުރަންފެށި އަބުރާ ބެހޭ ގަވާއިދު.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino