| ކިނޮޅަހު ފަޅުތެރޭގައި ތިން އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާފެނިއްޖެ | 
|    |                
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ފަޅުތެރޭގައި ތިން އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާފެނިއްޖެއެވެ. މިއަދު ހެދުނު ހަތްގަޑި ފަނަރަހާއިރު މަރުވެފައިވަނިކޮށް މިކުއްޖާ ނަގާފައިވަނީ އޭނާގެ މަންމަކަމަށް އެރަށު އޮފީހުންވިދާޅުވެއެވެ. މިކަން ހިނގިގޮތްކަމަށް އާއިލާޔާ ހަވާލާދީ އޮފީހުންވިދާޅުވީ، އެކުއްޖާގެ ބައްޕަ މާލެދިއުމަށް މިއަދު ހެނދުނު ފުރުމަށްދިޔުމުން އެކުއްޖާ ބައްޕަ ފަހަތުން ދިޔުމަށް ބޭނުންވެގެން އުޅުނުކަމަށެވެ. އެއަށްފަހު އެކުއްޖާ މަރުވެފައިވަނިކޮށްފެނުނީ އޭނާ ނުފެނިގެން ހޯދާތާ ވިއްސަކަށް މިނެޓްފަހު ކަކޫތާފެނުގައި މަރުވެފައި އޮއްވާކަމަށް އާއިލާޔާ ހަވާލާދީ ރަށު އޮފީހުން ވިދާޅުވެއެވެ. އަދި ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ އެކުއްޖާ ދިރިއުޅޭގެޔާ ގާތްތަނޑަކަށް ފައްސަތޭކަ ހަތްދިހަވަރަކަށް ފޫޓްދުރުންނެވެ.  | 
November 23, 2009
ކިނޮޅަހު ފަޅުތެރޭގައި ތިން އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާފެނިއްޖެ
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment