November 22, 2009

ލޭމައްޗަށްދާ ގިނަމީހުން ބޭސްފަށަނީ ގިނަފަހަރަށް ލޭމައްޗަށް ނުދަނީހެވެ


ލޭމައްޗަށްދާ ގިނަމީހުން ބޭސްފަށަނީ ގިނަފަހަރަށް ލޭމައްޗަށް ނުދަނީހެވެ.



ލޭ ހިނގާ މިންވަރު ބެލުމަށްޓަކައި ލޭބަލާ އެއްޗާއި ކަށިގަނޑު ނަގާ ޑޮކްޓަރު ހަރަކާތް ކޮށްލާ ހިސާބުން ބަލިމީހާގެ ލޭހިނގުމަށް ބަދަލުއައިސް މައްސަލަ އުފެދެން ފަށައެވެ. މިމައްސަލައާއި މެދު ޔުނިވަރސިޓީ އޮފް ކަނެކްޓިކަޓް ގެ ހައިޕަރ ޓެންޝަން އެންޑް ވެސްކިއުލަރ ޑިސީސަސްގެ ޗީފް ޕްރޮފިޝަރ ވިލިއަމް ވައިޓް ހާމަކުރާގޮތުގައި ތަހުލީލް ކުރުމަކާއި ނުލާ ވަގުތުން ލޭމައްޗަށް ގޮސްފައިވާ ކަމަށް ނިންމުމަކީ އެއްވެސް ބުއްދިވެރި ގޮތެއްނޫނެވެ. ކޮންމެ ހިދެއްގައިވެސް 30 މމ ތަފާތުވުމަކީ ވެދާނެ ކަމެއްގައެވެ. މި ގޮތަށް މައްސަލަ ދިމާވުމުގައި އެންމެ އެކަށީގެންވަނީ ލޭގެ ޕްރެޝަރު ބެލުމަށްޓަކައި ޑޮކްޓަރާއި ބައްދަލުކުރުމަށް އައިސް އިންނަވަގުތުގައެވެ. ޑޮކްޓަރުގެ ފަރާތުން ލިބިދާނެ ޖަވާބަކަށް ހިތް ނުތަނަވަސް ވުމުންނާއި މުޅިން އާ މާހައުލަކަށް އާދެވުމުން ހިތް ނުތަނަވަސް ވެފައިވާ މިންވަރުން ލޭ ހިނގުމަށް ބަދަލުތައް ގެނެސްދެއެވެ.

24 ގަޑިއިރުގެ ތެރޭގައި ލޭގެ ޕްރެޝަރ ހުރިގޮތުގެ ތަފްސީލު ދެނެގަތުމަކީ މިއަދު އަހަރެމެންގެ ޑޮކްޓަރުންނަށް ދާދި ފަސޭހަ ކަމެކެވެ. މިއީ ޑޮކްޓަރަށް ޒިޔާރަތް ކުރާ ވަގުތު ލޭބަލާލުމަށް ފަހު ބޭސްފަރުވާ ފެށުމަށްވުރެ މާކަމުދާ އިތުބާރު ބޮޑުގޮތެކެވެ. މި ސިސްޓަމުގައި ލޭ ގެ ޕްރެޝަރ ބަލާ (އެސެސް ކުރެވޭނެ ) ފަސޭހަ ނިޒާމެއް އޮވެއެވެ. އެއަށް މިކިޔަނީ ” އެމްބިއުލޭޓްރީ މޮނީޓަރިން”ނެވެ. މިގޮތަށް ބަލާ ދިރާސާކުރުމަށްފަހު ލޭމައްޗަށް ދާ ބަލިމީހެއް ކަމަށް ނިންމާ ބޭސްފަރުވާ ކުރަންޖެހޭ ފަދަ އިތުބާރުހުރި ދަލީލްތަކެއް މި މެޝެނުން ޑޮކްޓަރަށް ފޯރުކޮށްދެވެއެވެ.(އެމެރިކާގެ ނޭޝަނަލް އިމިއުނިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ނޫސްވެރިންނަށް 1994 އޮކްޓޮބަރ ގައި ދިންއިންޓަވިއު) ހަމައެހެންމެ ދުނިޔޭގެ ސިއްޚަތު ޖަމްޢިއްޔާ އިން ވަނީ ހަމަސްދުވަސްވަންދެން ބަލިމީހާ ”އެމްބިއުލޭޓްރީ މޮނީޓަރ ސިސްޓަމް” ބޭނުންކޮށްގެންބެލުމަށް ބާރުދީ ގޮވާލާފައެވެ. އެހެނަސް އެއްވެސްފަރާތަކުން ފަރުވާ ދިނުމުގެ ކުރިން މިފަދަ ތަހްލީލް ކޮށްލޭމައްޗަށް ދޭތޯ ޔަޤީންކުރުމަކަށް ސަމާލުކަމެއްނުދެއެވެ. ލޭބަލާ ވަގުތު ލޭމަތި ކޮށް ހުންނާނީ ކަމުގައި ވާނަމަ ވަގުތުން ބޭސްބޭނުން ކުރުމަށް ޑޮކްޓަރު އިރުޝާދުދެއްވައެވެ. އެހާހިސާބުން ”މުޅި އުމުރަށް” ބޭސް ކެއުމާއި މަހަކު އެއްފަހަރު ސަރުބީ ހުންނަ މިންވަރު ބަލާ ޓެސްޓްކުރުން ހިމެނިގެންވަނީ ހަޔާތާއި ގުޅިފައި ހުންނަ ކަމެއް ކަމުގައެވެ. އެކާބޭހެއް މާކެޓުން ގަންނަން ނުލިބިގެން އެފަދަ އެހެން ބޭހަކުން ގިނަމީހުންގެ މިބައްޔަށް ފަރުވާ ނުލިބޭ ކަމީވެސް މިކަމުގައި ދިމާވާ އެންމެ އަޖައިބު އެއްކަންތަކެވެ.

ލޭމައްޗަށް ދާތީ ދޭ ބޭސްތަކަކަކީ މިއަދު ބޭސްވެރިކަމުގެ ވިޔަފާރީގައި އެންމެ ބާރަށް ހިންގާ އެއްބޭހެވެ. މުޅި ދުނިޔޭގައި ލޭމައްޗަށް ދިއުމުގެ ބަލިމަޑުކަން ފެތުރިފައިވީއިރު މިބަލި ނުޖެހެނީސް ބޭސްކުރަން ފެށެނީ ކިތައްމީހުންނަށް ބާވައެވެ. ލޭބަލާއިރު ލޭގެ ޕްރެޝަރ ހުރިމިންވަރު ބައެއްފަހަރަށް ދެއަތުން ދައްކަނީ މުޅިން ތަފާތު ދެނަތީޖާއެކެވެ. އިނގިރޭސި ވިލާތުގެ ސިޓީ ޖެނެރަލް ހޮސްޕިޓަލްގެ ޑޮކްޓަރެއް ހާމަކުރިގޮތުގައި އޭނާ ބެލި ބަލިމިހުންގެ ތެރެއިން ތިންބައިކުޅަ އެއްބައިމީހުންގެ ލޭގެޕްރެޝަރު ދެއަތުން ދައްކަނީ މުޅިންތަފާތު ދެ މިންވަރަކަށެވެ.މީގެ އިތުރަށް ބައެއްފަހަރަށް ދެމީހަކު ޖެހި ޖެހިގެން ލޭބަލިކަމުގައި ވިއަސް ދެމީހުންގެ ފަރާތުން ލިބޭ ނަތީޖާ މުޅިންތަފާތުވެއެވެ. މިހެން ދިމާވަނީ ދެމީހުން ލޭބެލުމުގައި ގެންގުޅޭ އުކުޅުތަކާއި މިންކުރުމަށް ދަސްކޮށްފައިވާ ގޮތް ތަފާތު ވުމުންނެވެ.
ލޭ މައްޗަށް ދާ މީހަކަށް އެންމެ މުހިންމު ކަމަކީ ލޭބަލާ ޑޮކްޓަރުންނަށް ލޭބަލަން އެނގޭތޯ ބެލުމެއްނޫނެވެ. ތިމާ ލޭމައްޗަށް ނުދަނީސް ފަރުވާ ނުފެށުމެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino