| އޫރު ރޯގާ ރާއްޖޭގެ ކަނކޮޅުތަކުގައި ފެތުރެމުންދާތީ މިސްކިތްތަކުގައިކުރާ ނަމާދުތަކުގައި ﷲގެ ޙަޟްރަތަށް ދުޢާކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި. |
 |
ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އޫރު ރޯގާ ފެތުރެމުންދާތީ މިކަމުން ރައްކާތެރިކޮށްދެއްވުންއެދި ރާއްޖޭގެ މިސްކިތްތަކުގައި ކުރާ ނަމާދުތަކުގައި ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވައި ޤުނޫތު ކިޔާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު ހަމަޖައްސަވައިފިއެވެ. މިގޮތުން މާދަމާ ރެއިން ފެށިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިތުން ދުޢާ ކުރުމަށް ކުޅަދާނަކަން ލިބިގެންވާ އިމާމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިއުތިދާލުގައި ދުޢާ ކުރާގޮތަށް އެމިނިސްޓްރީން ދަނީ އަންގަވަމުންނެވެ. އެފަދަ ޤާބިލްކަން ނެތް ޢިމާމުން ނަމާދުން ނިމި ސަލާމް ދިނުމަށްފަހު ދުޢާ ކުރައްވަމުން ގެންދަވާގޮތަށް އެމިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. ދީނީ އިލްމްވެރިން ތިއްބެވި ރަށްރަށުގައި މިދުވަސްވަރު އެފަދަ ބޭފުޅުން އިމާމުވެ ނަމާދު ކުރައްވައި ދުޢާކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއް ކަމަށާއި، ޖަމާޢަތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުނދަގޫވާ މިންވަރަށް ދުޢާ ދިގުނުކުރުމަށް ވެސް އެމިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ. |
Enjoyed reading? Share this
0 ޚިޔާލު:
Post a Comment