ނަޝީދުގެ ތަޢާރުފު

މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން، ޤާނޫނުގެ ރޮނގުން އެލް.އެލް.ބީ ޑިގްރީއެއް ހައްދަވައިގެން، 1994 ވަނައަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، އެންމެ ގިނަދުވަހު މަސައްކަތްކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
1994 ވަނައަހަރުން ފެށިގެން، 2005 ވަނައަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހު، ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަތުމާހަމައަށް، މަސައްކަތްކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެތާނގައި މަސައްކަތްކުރެއްވި 11 ވަރަކަށް އަހަރުގެ ތެރެއިން 7 އަހަރު މަސައްކަތްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުގެ މަގާމުގައެވެ.
ވަޒީރުންގެ މަޖިލީހުގައި، ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމެވެ. އެއީ، 14 ޖުލައި 2005 ން 31 އޮކްޓޯބަރ 2007 އަށެވެ. އެ ތާރީޚުގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލެއްގައި، ޙަވާލުވެވަޑައިގަތީ، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމާއެވެ. އެ މަގާމުގައި 11 ނޮވެމްބަރ 2008 އާ ހަމައަށް ހުންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވިއިރު، ނަޝީދުގެ މަސައްކަތް އަމާޒުކުރެއްވީ، މަޖިލިސް ޒަމާނީކުރެއްވުމަށާއި، އެތާނގެ އުސޫލުތައް ޒަމާނީކުރެއްވުމަށާއި، ބޭރުގެ ޖަމާޢަތްތަކުގައި މަޖިލިސް ބައިވެރިކުރެއްވުމަށާއި، މީޑިއާގެ ތެރެއަށް މަޖިލިސް ނެރެދެއްވުމަށެވެ.
ވަޒީރުންގެ މަޖިލީހުގައި ނަޝީދުގެ މަސައްކަތް އަމާޒުކުރެއްވީ، ސިޔާސީ، ޤާނޫނީ، އަދި ދުސްތޫރީ އިޞްލާޙުތަކުގެ ތެރޭގައި، އެ އިޞްލާޙުތަކަށް މަސައްކަތްކުރެއްވުމަށެވެ. އޭގެއިތުރުން، މީޑިއާގެ މިނިވަންކަން އެކަށައަޅައި، މީޑިއާގެ މިނިވަން މުއައްސަސާއެއް ގާއިމުކުރެއްވުމަށެވެ. ކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގެނެސް، މީހުން ތަމްރީނުކޮށް، ޒަމާނީ އުސޫލުތައް ތަޢާރުފުކޮށް، ފޮތްތައް ލިޔެ، ތަމްރީނުގެ ފުރުޞަތުތައް ހޯދައިދީ، ޙަރަކާތްތެރި މީޑިއާއެއްގެ ވެށި، އުފަންކޮށްދެއްވުމަށެވެ.
1994 ގައި ކިޔަވައިވިދާޅުވެ ވަޑައިގެން، ޤާނޫނީ މަސައްކަތް އެންމެފުރަތަމަ ކުރެއްވީ، ޕްރީމިއަރ ޗެމްބާރޒްގައި އަލްއުސްތާޛު ޝާހީން ޙަމީދާއި އަލްއުސްތާޛާ މާރިޔާ އަޙުމަދުދީދީއާ އެކުގައެވެ. އެއަށްފަހު، އެކްސިސް ޗެމްބަރޒްގެ ނަމުގައި ޤާނޫނީ ޚިދްމަތްދޭ އޮފީހެއް އުފެއްދެވިއެވެ. 2005 ގައި ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގަންނަވަންދެން، އެ އޮފީސް ހިންގެވިއެވެ. ގިނަބަޔަކަށް، ގިނަ ކުންފުނިތަކަށް ލަފާދީ، ކުންފުނިތަކާއި، ރާއްޖޭގެ ވިޔަފާރިއާބެހޭ ޤާނޫނުތަކުގެ ދާއިރާގައި އެ އޮފީހުން ޚިދްމަތް ދީފައިވެއެވެ.
11 ނޮވެމްބަރ 2008 ގައި، ސަރުކާރު ބަދަލުވުމުން، މިހާރު އަނެއްކާވެސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވަނީ، އެކްސިސް ޗެމްބަރޒް އަލުން ދިރުވައި، ޙަރަކާތްތެރިކޮށް، ޤާނޫނީ ދާއިރާގައި ކުރިން ކުރައްވަމުން ގެންދެވި މިންވަރަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް ޚިދްމަތްކުރެއްވޭތޯއެވެ.
ތަޢުލީމާއި ތަޖުރިބާ
ގްރޭޑް 7 ނިމެންދެން ކިޔަވާވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީ.ޕީ.އެސް.އެސް) ގައި.
ގްރޭޑް 8 ން 10 އަށް ކިޔަވާވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި.
އޭލެވެލް ނުހަދައި، ޤާނޫނުގެ ދާއިރާއިން މެޓްރިކިއުލޭޝަން ހައްދަވައި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި.
މާލެ ވަޑައިގެން، އިތުރަށް ކިޔަވާވިދާޅުވާން ފުރުޞަތެއް ލިބިވަޑައިނުގަތުމުން، އެނބުރިވަޑައިގަތީ ޤައުމީ ޚިދްމަތަށް.
1980 ގައި ސްކޫލް ނިންމެވި ހިސާބުން ފެށިގެން، 1994 ގެ ފަހުކޮޅާހަމައަށް މަސައްކަތްކުރެއްވީ، އެކި ހައިސިއްޔަތުން، ބަންޑާރަ ނާއިބުގެ އޮފީހުގައި.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރައްވަން ފެށްޓެވީ، 1994 ގެ ނޮވެމްބަރުމަހުގެ ތެރޭގައި.
1998 ޖަނަވަރީ 1 ގައި އާ ޤާނޫނުއަސާސީއެއް ތަޢާރުފުވުމުން، އެ ޤާނޫނުއަސާސީގައިވާ މަގާމެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމުގެ ވަޒީފާ، 11 ޖަނަވަރީ 1998 ން 14 ޖުލައި 2005 އަށް އަދާކުރެއްވި.
14 ޖުލައި 2005 ގައި ރައީސް މައުމޫންގެ ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެން، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމު 31 އޮކްޓޯބަރ 2007 ގެ ނިޔަލަށް އަދާކުރެއްވި.
31 އޮކްޓޯބަރ 2007 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލެއްގައި، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމާ ޙަވާލުވެވަޑައިގެންނެވި.
ރާއްޖޭގައި، 11 ނޮވެމްބަރ 2008 ގައި އާ ވެރިކަމެއް ގާއިމުވަންދެން، ލީގަލް ރިފޯމް މިނިސްޓަރގެ މަގާމުގައި ހުންނެވި.
ކިޔަވާވިދާޅުވެގެން ވަޑައިގެން، މަސައްކަތް ފެށްޓެވި ހިސާބުންފެށިގެން، ވަޒީރުކަމުގައި ހޭދަކުރެއްވި 3 އަހަރެއްހާދުވަސް ފިޔަވައި، އަމިއްލަ ޤާނޫނީ އޮފީހެއްވެސް ހިންގެވި. “އެކްސިސް ޗެމްބަރސް” ގެ ނަމުގައި. ސަރުކާރުން ވަކިވުމާހަމައިން، އެ އޮފީސް އަލުން ހިންގަވަންފެށްޓެވި. މިއަދާހަމައަށްވެސް، މަސައްކަތްކުރައްވަނީ އެކްސިސް ޗެމްބަރސްގައި، ޤާނޫނީ ކަންކަމުގައި ޚިދްމަތްކުރުމުގައި.

0 ޚިޔާލު:
Post a Comment