November 18, 2009

މުސާރައިން ބައެއް އުނިކުރަން ފެށުމާ ގުޅިގެން، ބިދޭސީ ބައެއް ޑޮކްޓަރުން އިސްތިއުފާދެމުންގެންދާކަމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސުން ބުނެފި.

މުސާރައިން ބައެއް އުނިކުރަން ފެށުމާ ގުޅިގެން، ބިދޭސީ ބައެއް ޑޮކްޓަރުން އިސްތިއުފާދެމުންގެންދާކަމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސުން ބުނެފި.

އިގްތިޞާދީ ހީނަރުކަމާ ގުޅިގެން ސިވިލްސަރވިސްގައި ހިމެނޭ ޑޮކްޓަރުންގެ މުސާރައިން ބައެއް އުނިކުރަން ފެށުމާ ގުޅިގެން، ބިދޭސީ ބައެއް ޑޮކްޓަރުން އިސްތިއުފާދެމުންގެންދާކަމަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސުން ބުނެފިއެވެ. އެއިދާރާއިން ބުނީ ޑޮކްޓަރުންގެ މުސާރައިން އާއްމުގޮތެއްގައި ފަނަރައާއި ވިހިއިންސައްތަ އާއި ދޭތެރޭ އުނިކުރައްވާފައިވާކަމަށެވެ. ޑޮކްޓަރުން އިސްތިއުފާ ދިނުމުން ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތް މެދުކަނޑާނުލައި ކުރިއަށް ގެންދަވަނީ މިވަގުތު ރާއްޖޭގައިތިބި ޖަރުމަނުގެ ވޮލެންޓިއަރު ޑޮކްޓަރުން ބޭނުނުން ކުރައްވައިގެންކަމަށް އެޑިޕާޓްމަންޓުން ވިދާޅުވިއެވެ. އައިޖީއެމްއެޗް ފިޔަވައިރާއްޖެގެ އެހެން ހުރިހާ ހޮސްޕިޓަލަކެއް ބަލަހައްޓަވަނީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސުންނެވެ. ހޮސްޕިޓާލްތަކަށް ސްޕެޝަލިސްޓުން ނުލިބިގެން ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި އެފަދަބަލިތަކުގެ ޚިދުމަތް މެދުކެންޑިފައިވާކަމަށާ، ދެން ހެދޭނެ ގޮތެއް އޮތްތޯ ބެއްލަވުމަށް ކަމާބެހޭ ދާއިރާތަކުގެމެދުގައި މަޝަވަރާތައްކުރެވެމުންއެބަދާކަމަށް މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވިއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށްވެސް ސްޕެޝަލިސްޓުން ނެތިގެން ޚިދުމަތް މެދުކެނޑުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.ޑޮކްޓަރުންގެ މުސާރައިން ވިހި އިންސައްތަ ކުޑަކުރުމާއިގުޅިގެން ރާއްޖޭން ބޭރުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯއްދެވުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާކަމަށާ ރާއްޖެއަންނަން ނިންމައިގެންތިބި ބައެއް ޑޮކްޓަރުންތަކެއްވެސް ދާދިފަހުން ރާއްޖެ އައުން ކެންސަލް ކޮށްފައިވާކަމަށް ޑިޕާޓްމަން ޓުއޮފް މެޑިކަލްސަރވިސްގެ ފަރާތުން ވާހަކަދެއްކެވި ޑިރެކްޓަރ އަބްދުއްޞަމަދު ވިދާޅުވިއެވެ. ބޭރުން ދެން ސްޕެޝަލިސްޓުން ގެނެވެން އޮތީ ކޮންޓްރެކްޓެއް ހަދައިގެންކަމަށް ގަބޫލު ކުރެވޭތީ ސިވިލްސަރވިސްގެ އުޞޫލު ދޫކުރައްވައި ސަރވިސްކޮޓަރެކްޓް ހެއްދުމުގެ ވިސްނުންގެންގުޅުއްވާކަމަށް އެޑިޕާޓްމަންޓުން ބުނއޏެވެ. ޑޮކްޓަރުން އިސްތިއުފާ ދެއްވުމުން ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތް މެދުކަނޑާނުލައި މިހާރު ކުރިއަށް ގެންދަވަނީ ރާއްޖޭގައިތިބި ޖަރުމަނު ވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޑޮކްޓަރުން ތަކެއް ބޭނުނަކުރައްވައިގެންކަމަށްވެސް އެޑިޕާޓްމަންޓުން ވިދާޅުވިއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino