ތުންފަތުގެ ފަރުވާ
ތުންފަތަކީ އަހަރެމެންގެ މޫނުބަލާ ލޯގަޑެވެ. ތުންފަތް އޭގެ ޒާތުގައި އަމިއްލަޔަށްވެސް ހިކިކުރޮޅިވެއެވެ. ބައެއްފަހަރު ތުންފަތް މާދުޅަހެންހީވާފަހަރުވެސް އާދެއެވެ. ތުންފަތް އަބަދުވެސް މަޑުކޮށް ބެހެއްޓޭތޯ މަސައްކަތްކުރަންވާނެއެވެ. ބައެއްފަހަރު އުމުރުގެ އެކިމަރުހަލާތަކުގައި ތުންފަތަށް ބޭނުންވާފަރުވާ ތަފާތުވެގެންދެއެވެ. އަދިހަމަ ބޭނުންކުރާ ލިޕުސްޓިކުގެ ބާވަތްވެސް ތަފާތުވެގެންދެއެވެ. ގިނަފަހަރު މޭކަޕް ކުރުމުގައި އަޅުގަޑުމެން ތުންފަތާމެދު ފަރުވާކުޑަކޮށްލެވެއެވެ. މިއީރަގަޅު އާދައެއްނޫންކަން ކަށަވަރެވެ. ސަބަބަކީ އެއްމެބޮޑު ޚާއްސަކަމެއްދެވޭ އެއްތަނަކަށް ތުންފަތް ވާންޖެހޭނެކަމަށްޓަކައެވެ.
ތުންފަތުގެ ތިރީފަށަލައަކީ ވަރަށްނާޒުކު ފަށަލައެކެވެ. ތުންފަތް ހިކެމުންދާއިރު ފުރަތަމަ ހިކިގެން ދަނީވެސް މިފަށަލައެވެ. ތުންފަތް ފަޅައިގެން ދިޔުމުގެސަބަބުން އިންފެކްޝަންތައް ހެދި ތުންފަތުގައި ރިއްސާގޮތްވެއެވެ.
ފުރަތަމަ ތުންފަތް ހިކެން މެދުވެރިވާސަބަބުތަކަށްބަލާލަމާހިގާށެވެ. ހަށިގަނޑުގައިވާ ފެންހިކެނީ މާގިނައިން ކެފެއިން އާއި އަލްކަހޯލްގެ ބުއިންތައް ބޭނުން ކުރެވޭކަމަށްޓަކައެވެ. އަދިފުރަތަމަ މިކަމުގެ ހެކިފެންނަން ފަށަނީ އަޅުގަޑުމެންގެ ތުންފަތާހަމައިންނެވެ.
ހަށިގަޑު ގައިވާ ފެން ހިކުމުން ފުރަތަމަ އަސަރުކުރަން ފަށަނީ ތުން ފަތަށެވެ.
ތުންފަތުގެ ފަރުވާއަށްބޭނުންވާނީ
1. މަޑު ދަތްއުގުޅާ ބުރުހެއް
2. ފެން
3. ލިޕްބާރމް
4. ބޭބީ ތެޔޮ
ފުރަތަމަ ސްޓެޕް
ކުޑަ ލިޕްބާރމް ނުވަތަ ބޭބީ އޮއިލް ކޮޅެއްލާފަ ތުންފަތް މަޑުކޮށްލާށެވެ.
ދެވަނަ ސްޓެޕް
ތުންފަތުގައި ބޭބީ އޮއިލް އާއި ލިޕް ބާރމް ހޭކުމަށްފަހު ކުޑަކޮށް މަސާޖުކޮށްލާށެވެ.
ތިންވަނަ ސްޓެޕް
މަޑުބުރުހުން ވީހާވެސްމަޑުމަޑުން ތުންފަތުން ނެއްޓިފައިވާހަންތައް ސާފުކޮށްލާށެވެ.އެއްވެސްހާލެއްގައި މާބާރައް ބުރުހުން ތުންފަތް އުގުޅާހަދައިގެން ނުވާނެއެވެ.
ހަތަރުވަނަ ސްޓެޕް
ތުންފަތް ރީތިކޮށްސާފުކޮށްލުމަށްފަހު އަނެއްކާ ލިޕްބާރމް ހާކާލާށެވެ. ކޮންމެ ކޮންމެ ލިޕްބާރމެއް ރަގަޅެއްނުވާނެއެވެ. ތުންފަތުގައި ހޭކުމަށް އެންމެ ރަގަޅުވާނީ ވަރަށް ބުރޭންޑެޑް ކޮލިޓީ ތަކެއްޗެވެ. ޓިޔުބް ގޮތަށްހުންނަ ލިޕްބާރމް އާއްމުގޮތެއްގާ ގިނަމީހުނާ ގުޅޭކަމަށް ފާހަގަ ކުރެވެއެވެ.
ފަސްވަނަ ސްޓެޕް
ގިނައިން ފެންބޯށެވެ. ގިނައިންފެންބުއިމުން ތުންފަތާ ހަށިގަޑު ހިކުނަ ދިނުމުން ސަލާމަތްވެއެވެ. މަދުވެގެން 8 ތަށިފެން ދުވާލަކަށް ބޯންޖެހޭނެއެވެ. ގިނަވެގެން ކިތައްމެ ގިނަވިޔަސް އެންމެ ރަގަޅެވެ.
ހަވަނަ ސްޓެޕ
ތުންފަތުގެ ހަންފޮޅުމުން ރައްކާތެރިކުރުމަށްޓަކާ ލިޕްބާރމެއް ބޭނުންކުރުން ރަގަޅެވެ.
އިތުރު މައުލޫމާތު
ކޮފީ ނުވަތަ ކެފެއިންގެ ބާވަތްތަކަކީ ތުންފަތް ބޮޑަށް ހިއްކާދޭބާވަތްތަކެވެ. އަދި މާ ހޫނު ނޫނީ މާ ފިނި ތަންތަނުގައި ގިނަވަގުތު ހޭދަވުމުން ވެސް ތުންފަތް ފަޅައިގެން ދެއެވެ. މިއީ ތުންފަތުގެ ކައިރިފަށަލަ ތުނިކަމުން ވާގޮތެކެވެ. އަދި މިއީ ވަރަށް ދިލަ ތަދެއްވެސް ވާކަމެކެވެ.
މާ މަސައްކަތް ގިނަވުމާ ހާސްކަމަކީވެސް މުޅި ހަށިގަޑު ލޮޑުކޮށްދޭކަމެކެވެ. މިކަމުގައިވެސް އެނަމެ ބޮޑު އަސަރެއް ފުރަތަމަ ކުރަނީ ތުންފަތަށެވެ. ތުންފަތް ހިކި ތުންފަތް ފަޅައިގެން ދިޔުން އެކަށީގެން ވެއެވެ.
ނުގުޅޭ ލިޕްސްޓިކް ގެ ސަބަބުން ނާއި ނުގުޅޭ ކާނާގެ ސަބަބުން ވެސް ތުންފަތް ފަޅައިގެން ދެއެވެ. މިކަމުގެ އެންމެ ރަނގަޅު ފަރުވާ ދެވޭނީ ހާއްސަ ޑޮކްޓަރުން ނަށެވެ.
ބައެއް ބޭހުގެ ސަބަބުން ވެސް ހަށިގަނޑު ޑިހައިޑުރޭޓް ވުމާއި ތުންފަތް ހިކުން މެދުވެރި ވެއެވެ. މިކަމަށްވެސް އެންމެ އެކަށީގެންވަނީ ޑޮކްޓަރު ގެ ފަރުވާއެވެ.
ގޭގަ ހެދިދާނެ ފަރުވާ:
01
50 އެމް އެލްގެ ގުލިސަރިން
ލުބޯހުތް
ފިނިފެންމަލުގެ ދިޔަ
މިއެއްޗެތި ރަގަޅަށް އެއްކޮށްލުމަށްފަހު ކޮންމެދުވަހަކު ހެނދުނާ ހަވީރު ތުންފަތުގައި އުގުޅާށެވެ. މިއީ ހަލާކު ވެފައިވާ ތުންފަތަށާއި ތުންފަތް ހިކުމަށްވެސް ރަނގަޅު ފަރުވާއެކެވެ. މިއެއްޗެތި ފުރިޖް ގައި ބަހައްޓައިގެން 3 ދުވަހު ބޭނުން ކުރެވިދާނެއެވެ.
މަތީގައިވާ އެއްޗެތި ހޯދަން އުދަގޫފުޅުނަމަ ތާފަނާ ފެންފޮދެއްގެ ތެރެއަށް ކުޑަ ކަފަކޮޅެއް ލުމަށްފަހު އެކަފަކޮޅުގެ ހޫނުކަމުން ތުންފަތް މަސާޖްކުރާށެވެ. 6 ނުވަތަ 8 ފަހަރު މިގޮތަށް މަސާޖު ކުރުމަށްފަހު ގުލިސަރިން،ވެސްލިން ނުވަތަ މާމުއި ކޮޅެއް ލާށެވެ. އެއްގަޑިއިރު ވަންދެން ބަހައްޓާށެވެ. ކޮންމެދެދުވަހުން އެއްދުވަހު މިކަންތައް ތަކުރާރު ކުރާށެވެ. ޔަގީނުންވެސް ތަފާތު ފެންނާނެއެވެ.







0 ޚިޔާލު:
Post a Comment