November 23, 2009

ރާއްޖެއަށް އޫރު ރޯގާގެ ވެކްސިން ހޯދުމަށް ހެލްތް މިނިސްޓްރީން ޑަބްލިއު އެޗް އޯއާއި މަޝްވަރާކުރަނީ

ރާއްޖެއަށް އޫރު ރޯގާގެ ވެކްސިން ހޯދުމަށް ހެލްތް މިނިސްޓްރީން ޑަބްލިއު އެޗް އޯއާއި މަޝްވަރާކުރަނީ

އޫރު ރޯގާ ރާއްޖޭގެ އެކި ހިސާބުހިސާބުން ފެންނަމުންދާތީ މިބަލީގެ ވެކްސިން ހޯދުމަށް ޑަބްލިއު އެޗް އޯއާއިއެކު މަޝްވަރާކުރެވެމުންދާކަމަށް ހެލްތް މިނިސްޓަރ އާމިނަތު ޖަމީލު ވިދާޅުވެއްޖެއެވެ. މިއަދު ދިވެހި ރާއްޖޭގެ އަޑަށް ދެއްވި އިންޓަވިއުއެއްގައިއެކަމަނާ ވިދާޅުވީ ވެކްސިން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދޭންފަށާނީ މިރޯގާގެ ނުރައްކާ އެންމެބޮޑުކަމަށް ބެލޭވޭ އުމުރުފުރާތަކުގެ މީހުންނަށްކަމަށެވެ. އެއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
މިހާތަނަށް ވެކްސިން ބޭނުންކުރަމުންދަނީ އެވެކްސިން އުފައްދާފައިވާ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުންކަމަށާއި، އެހެންނަމަވެސް އެޤައުމުތަކުން އެހެންޤައުމުތަކަށް ދޫކުރަންފެށުމުން ރާއްޖެއަށް ލިބޭނެގޮތް ހަމަޖައްސައިދެއްވުމަށް ޑަބްލިއު އެޗް އޯގައި އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އެންޑް ފެމެލީ ޑރ އައިމިނަތް ޖަމީލްވިދާޅުވިއެވެ.
ވެކްސްކިން ލިބުން ލަސްވި ނަމަވެސް މިރޯގާއަށް މިހާރުހުރި ހަމައެކަނި ބޭސް ރާއްޖޭގެ ބޭސްފިހާރަތަކުން ލިބޭނެކަމަށް އާމިނަތު ޖަމީލު ވިދާޅުވިއެވެ.
އޫރޫ ރޯގާޔަށް ފަރުވާކުރުމުންދާ ފަސްމީހުންގެ އިތުރުން ފާއިތުވި ސައުވީސް ގަޑިއިރުތެރޭ އިތުރު މީހަކަށް މި ރޯގާ ޖެހިފައިވާކަން ރިކޯޑްކުރެވިފައިނުވާކަމަށް، ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލްގެ ސީނިއަރ މެޑިކަލް އޮފިސަރ އަޙުމަދު ޖަމްޝީދުވިދާޅުވިއެވެ. އަދި މިހާރު ފަރުވާކުރަމުންދާމީހުންވެސް ހާލުރަނގަޅުކަމަށް ޖަމްސީދުވިދާޅުވިއެވެ.
މިގެއިރުން މާލޭ އިންޓަނޭޝަން އެއަރޕޯޓުން ސްކްރީންކުރުމުގެތެރޭގައި އިންފުލުއެންޒާ އޭއަށް ޕޮޒިޓިވްކުއްޖާޔަށްވެސް ފަރުވާދެމުންދާކަމަށާއި، އޭނާގެ ހާލުވެސް ރަނގަޅުކަމަށް ޖަމްޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އެއްރަށަށްވުރެ ގިނަރަށުގައި މިހާރު އޫރު ރޯގާ އޮތުމާއެކު ސިއްޙީދާއިރާގައި ބަލީގެ ނުރައްކާ ދަރަޖަކުރާ މިންގަނޑުތަކުން ނުރައްކާކަން ދެވަނައަށް އެންމެ ބޮޑުކަމަށް ބަލާދަރަޖަކަމަށްވާ ހަތަރުވަނަ ދަރަޖައަށް މަތިކޮށްފައިވާކަމަށްވެސް ސީ ސީ އެޗް ޑީ ސީން މައުލޫމާތުދެއެވެ. ރޯގާއެއްގެ ގޮތުގައި ބަލާނީ މިއަށްވުރެ އެއް ފަރަޖަ މައްޗަށްޖެހުމުންނެވެ.
ސިއްހީ ރަނގަޅު އާދަތައް އަށެގެންނެވިއްޖެނަމަ އޫރުރޯގާއިން ދުރުވެވިދާނެތީ އާންމު ރައްޔިތުން ސިއްހީ ރަގަޅު އާދަތަކަށް ސަމާލުވުމަށް ހެލްތް މިނިސްޓަރ އެދިވަޑައިގަނަވއެވެ. އަދި ކުރިއަށް އޮތީ އީދުކަމަށްވުމާއެކު ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހުރަސް ނާޅުއްވާކަމަށާއި، އެހެނަމަވެސް ބަލި އޮތްތަންތަނަށް ދިޔުމުގައި ރައްކާތެރިވެތިބުމަށްވެސް ހެތްމިނިސްޓްރީން އެދިވަޑައިގަންނަވއެވެ.
މީހުން ގިނައިން އެއްވެއުޅޭ ކުޅިވަރުތައް ރާވާ އިންތިޒާމްކުރުމަކަށްވެސް ސީ ސީ އެޗް ޑީ ސީން މަނާނުކުރައްވާކަމަށްވިދާޅުވއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino