November 23, 2009

ސާފްގޭމްސްއާއި ސާފު ޗެންޕިއަންޝިޕަށް ތަރުހީބުދިނުމަށާއި ފައިސާހޯދުމަށްހިންގި ހަރަކާތަށް ތިންލައްކަ ތެއްތިރީސް ހާހަށްވުރެގިނަރުފިޔާލިބިއްޖެ- އެމް އެން ބީ ސީ

ސާފްސް ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމްތަކަށް ތަރުހީބުދީ މާލީގޮތުން އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ފެށި ހާއްޞަ ޕްރޮގްރާމަށް ދިވެހި ރައްޔިތުންގެ ފަރާތުން ތިންލައްކަ ތެއްތިރީސް ހާސް ތިން ސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި ލިބިފައިވާ ކަމަށް އެމް.އެން.ބީ.ސީން ހާމަކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފެށުނު މި ޕްރޮގްރާމްތައް ކުރިއަށްދިޔައިރު އެސް.އެމް.އެސް މެދުވެރިކޮށާއި، އަދި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި މިކަމަށްޓަކާ ބެހެއްޓިފަހި ހުރި ހާއްޞަ މޭޒުތަކަށް ޒިޔާރަތްކޮށް ސާފް ގޭމްސްގައި ބައިވެރިވާ ޤައުމީ ޓީމްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށްވެސް އޮތީ ހުޅުވާލެވިފައެވެ. އެމް.އެން.ބީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލް ވިދާޅުވީ އެމް.އެން.ބީ.ސީ މެދުވެރިކޮށް ދިވެހި ރައްޔިތުން ރާއްޖޭގެ ގައުމީ ޓީމްތަކަށް މިދެއްވި ހަދިޔާ ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުމަށްޓަކައި ކުޑަ ހަފްލާއެއް ބާއްވާނެ ކަމުގައެވެ. އެމް.އެން.ބީ.ސީގެ ހަތަރު ޗެނަލް ކަމުގައިވާ ޓެލަވިޝަން މޯލްޑިވްސްއާއި، ދިވެހި ރާއްޖޭގެ އަޑު، ރާއްޖެ އެފް.އެމް، އަދި ޔޫތް ޓީވީން މިދިޔަ ހޮނިހިރުދުވަހު ފެށި މިހާއްސަ ޕްރޮގްރާމްތައް ނިމުނީ ރޭ މެންދަމު ބާރަޖެހިއިރުއެވެ.

0 ޚިޔާލު:

Post a Comment

 

Followers

މިހާތަނަށް ޒިޔާރަތްކުރެއްވި އަދަދު

free html hit counter code
Copyright © 2009 Blogger Template Designed by Bie Blogger Template Vector by DaPino