ބަޙުރައިން ލީގުގެ އެއްވަނައިގައި އުޅޭ ޓީމާ ބައްދަލުކުރިމެޗުން ރާއްޖެ ބަލިވެއްޖެ
ބަޙުރައިން ލީގުގެ އެއްވަނައިގައި އުޅޭ "އަލްރިފާ" ޓީމާ ބައްދަލުކުރިމެޗުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ. މި މެޗުން ރާއްޖޭގެ ޓީމް ބަލިވެފައިވަނީ ފަސްލަނޑު އެއްލަނޑުންނެވެ. މިހާތަނަށް ބަޙުރައިނުގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާ މިޓީމާ ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރިމެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ޖަހާފައިވަނީ އަޙްމަދު ރަޝީދުއެވެ. ގައުމީޓީމާއެކު ބަޙުރައިނުގައިހުރި ދިވެހިރާއްޖޭގެއަޑުގެ ރިޕޯޓަރ ޚަބަރުދޭގޮތުގައި، ބަޙުރައިންގައި ރާއްޖޭގެ ގައުމީ ޓީމު ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗް ކުޅޭނީ މާދަމާއެވެ. އެ މެޗުގައި ގައުމީޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ "އަލް އަޚްލީއާ" ކިޔާ ޓީމަކާއިއެކުއެވެ..

0 ޚިޔާލު:
Post a Comment