| އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި. | 
މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.މި ޕާޓީތައް ޖޫރިމަނާކުރީ އޯޑިޓް ރިޕޯޓު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓްތަކަކީ ސިޔާސީ ޕާޓީގެ ޤަވާޢިދުގެ މަތިން ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓެއްކަމަށް ބަލައިގަނެވެން ނެތުމުން، ކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. މިގޮތުން، ޖޫރިމަނާކުރި ހަތްޕާޓީއަކީ، ޕީޕަލްސް ޕާޓީއާއި، ދިވެހިރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި، ދިވެހި ރައްޔިތުންގެ ޕާޓީއާއި، ޢަދާލަތު ޕާޓީއާއި، ޤައުމީ އިއްތިހާދާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީ. މި ހަތް ޕާޓީން ކުރެ ކޮންމެ ޕާޓީއެއް ވިހިހާސް ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި މޯލްޑިވިއަން ނެޝެނަލް ކޮންގްރެސްއާއި މި ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއެއް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކެވުމަށްވެސް މި ނުވަ ޕާޓީއަށް މިއަދު އަންގާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ..  | 
December 10, 2009
އޯޑިޓް ރިޕޯޓް ފުރިހަމަ ނުވާތީ ނުވަ ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment