| މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށް-ޤައުމީ ޓީމްގެ ކޯޗް | 
|    |                
މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށްކަމުގައި ރާއްޖޭގެ ފުޓްބޯޅަ ޓީމްގެ ކޯޗު ހާމަކޮށްފިއެވެ. ބަންގްލަދޭޝްގައި ތިބި ރާއްޖޭގެ މީޑިޔާއަށް މައުލޫމާތު ދެމުން ކޯޗް އިސްތަވާން އުރްބަނިޔީ ބުނީ ނޭޕާލް ޓިމާއެކު ކުޅުނު މެޗަށްވުރެ ޓީމް މިހާރު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާ އެއީ މިހާރުވެސް ރާއްޖެއަށް ގްރޫޕްގެ ދެވަނައިގައި އުޅޭއިރު ނޭޕާލްގެ މެޗުގެ ސަބަބުން ކުޅުންތެރިންނަށް ތަޖުރިބާވެސް ލިބިފައިވާކަމަށެވެ. ކޯޗް ބުނީ ނޭޕާލް މެޗުގައި ޓީމް ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހެނީ ޓީމަކީ އެއައްވުރެ ރަނގަޅު ނަތީއްޖާއެއް ނެރެވޭނެ ޓީމަކަށް ވާތީކަމުގައެވެ. ކޯޗްގެ ވާހަކައިގައި ޓީމް ނޭޕާލް މެޗުގައި ނެރުނު ނަތީޖާގެ ސަބަބުން އުއްމީދު ގެއްލުވާލައިގެން ނުވާނޭކަމަށާ އަދި ކުރިޔަށް ދެ މެޗެއް އޮތުމާއެކު ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް ފާހަގަކުރިއެވެ. މިއަދު އަފްގާނިސްތާނާ ބައްދަލްކުރާ މެޗާ ބެހޭގޮތުން ކޯޗް ބުނެފައިވަނީ މިއަދުގެ މެޗަކީ އުނދަގޫ މެޗަކަށް ވާނޭކަމަށާ އެއީ މެޗުން އަފްޣާނިސްތާން މޮޅުވާންޖެހޭތީކަމަށާ އޭގެ އިތުރުންވެސް އަފްޣާނިސްތާނަކީ ފިސިކަލީ ގޮތުންވެސް ރަނގަޅު ޓީމަކަށް ވާތީކަމުގައިއެވެ.  | 
December 7, 2009
މިއަދު ރާއްޖެއާ އަފްޣާނިސްތާނާ ބައްދަލުކުރާއިރު ކުޅުންތެރިން ކައިރީ ބުނެފައިވާނީ އަލުން އާ ފެށުމަކުން މުބާރާތް ފެށުމަށް-ޤައުމީ ޓީމްގެ ކޯޗް
Subscribe to:
Post Comments (Atom)






0 ޚިޔާލު:
Post a Comment