ޙަޔާތް ބަދަލުކޮށްލި ސިޓީ
ފުރަންތައްޔާރުވެފައިވާ އޮޑިއަށް އަހުމަދު އަރަމުންވެސް ހޭޅީގެ އެކި ދިމަދިމާއަށް ލޯހިންގާލިއެވެ. އުފަން ރަށާ ދުރަށް ދާތީ ހިތުގައި ކުޑަރިހުމެއް ހުރި އަހުމަދަށް އިތުރު ރިހުމެއް ލިބެނީ ގުޅިުމެއްގެ ބިންގާ އެޅެމުން އަންނަ އަޢިޝާއާ މެދުގައެވެ. އަދިވެސް އަޢިޝާގެ ޚަބަރެއް ނުވާތީ ހިތްނުތަނަވަސް ވެފައިހުރި އަހުމަދުގެ ފައި އޮޑިއަށް ލަމުން ރަށާ ދިމާއަށް އެއްލި ކަޅީގައި އެ އަޅާއިގަތީ އައޝާއެވެ. ރަށުގެ އެންމެ ބޮޑުމަގުގެ ކޮޅުގައި ހެދިފައިހުރި ބޯށި ގަސްތަކާ ކުޑަކޮށް ނިވާވެގެން ހުރި އަޢީޝާގެ ލޮލުން އަހުމަދު ކައިރީ ނުދާށޭ ބުނާފަދައެވެ.
އަޙުމަދު އޮޑިއަށް އެރުމާއެކު އޮޑި ނައްޓާލައިފިއެވެ. އިބުރާޙީމާއި ހައްވާފުޅޫވެސް އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު، އަހުމަދާއި އަތް ހޫރާ ސަލާމްކޮސްލިއެވެ. ނަމަވެސް އަހުމަދުގެ ލޯ އަމާޒުވެފައި ހުރީ އައިޝާ ހޫޜާލި އަތާ ދިމާއަށެވެ. އަހުމަދުވެސް އިޖާބަ ދިނުމުގެ ގޮތުން އަތް ހޫޜާލިއެވެ. އެނބުރި އަންނާނެކަމަށް ވަޢުދުވާފަދަ ގޮތަކަށެވެ.
އަޙުމަދު މާލެ ދިޔަތަ ހަމަސްވީއެވެ. އަޙުމަދިއްޔާ ސުކޫލުން ތަޢުލީމު ހާސިލުކުރުމަށް ލިބުނު ފުރުޞަތުގައި މައިންބަފައިންނަށް އުފާވެރި ނަތީޖާއެއް ހޯދާދިނުމަށް ފެށި ތަޢުލީމީ މަސައްކަތް ވަޅުޖަހަންފެށީ މި ހިސާބުންނެވެ. ޖާއިޒާއި ޞާދިޤުގެ ނަށާގުރޫޕާއި ގުޅުނު ހިސާބުންނެވެ. ރޭގަނޑު ބޭރުގައި އުޅުމާއި ސިނގިރޭޓުބުއިމާއި މިފަދަ އެތަށް ކަމެއްގެ އަހުލުވެރިއަކށް ވީހިސާބުންނެވެ.
މި ޚަބަރުތައް އައިޝާއާ ހަމައަށް ދިޔައީ ވަރަށް ވެސް އަވަހަށެވެ. ޖާއިޒުގެ ދައްތަ އިކުލީލާގެ ފިރިމީހާއަކީ އައިޝާގެ ބޭބެގެ ގާތް އެކުވެރިއެއްކަމުން އަޙުމަދުގެ ހުރިހާކަމެއް އަލިފުން ޔާއަށް އައިޝާއަށް އޮޅުން ފިލުވަމުން ދެއއެވެ.
އާދައިގެ މަތިން މިރޭވެސް އަހުމަދަސް ގެއަށް ވަދެވުނު އިރު މެންދަމުން އަލިވެ އެކެއްޖަހަނީއެވެ. ކޮތަރިއަށް ވަދެވުމާއެކު ސިގެރެޓު ނަގާ ރޯކޮށްލިއެވެ. އެކަށްޗަސް ފަހު އަނެކަށްޗެވެ. މިހެންގޮސް ހަތްވަނަ ސިގިރެޓު ހުލިވިތަނާ އަޙުމަދު ކެއްސަންފެށިއެވެ.
ވާނުވާއއް އެނގެންފެށިއިރު އަހުމަދު އޮތީ އައި ޖީ އެމް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައެވެ. ލޯ ހުޅުބވާލިއިރު ގޭގެ، ދައްތަޔާއި ބޭބެ ތިއްބެވެ. އަޙުމަދު ލަދުވެތިކަމުގައި ލޯމަރާލީ މާފަށް އެދެމޭ ބުނާފަދައިންނެވެ.
ކުއްލިއަކަށް ހަމަހިމޭނަކަން ފިލީ ޖާއިޒު އަޙުމަދަށް ގޮވާލުމުނެއެވެ. އަހުމަދު ބަލާލުމުން ފަތްޖަހާވާ ގަނޑެއް ޖާއިޒު އަހުމަދާ ހަވާލުކުރިއެވެ. އަހުމަދު ވަގުތން އެ ގަނޑު ނިއުޅާ ބަލާލިއެވެ. އެއީ އައިޝާގެ ސިޓީއެކެވެ.
" ލޯބިވާ އަހުމަދަށް.
ހެޔޮދުޢާ ސަލާމަށްފަހު ލިޔަމެވެ. އަހަރެންގެ ޙާލު ރަނގަޅެވެ. ހަމައެފަދައިން އަހުމަދުގެ ޙާލުވެސް ރަނގަޅުވާނެކަމަށްވެސް އުއްމީދުކުރަމެވެ.
އަހަރެން ހީކުރަނީ އަހުމަދު ހިތުގައިވެސް އަހަންނާ މެދު ޚިޔާލުކުރެވޭނެ ކަމަށެވެ. އެއީ އަޙުމަދު މާލެދާން ފުރިދުވަހު އަހަންނާ ދިމާއަށް ބަލާލި ގޮތުންނާއި އަޙުމަދުގެ ހަރަކަތްތައް ހުރި ގޮތުންނެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގައި އަޙުމަދަށް ވަނީ ޖާގަދެވިފައެވެ. އަހުމަދު އަހަރެންގެ ލޯމަތީގައި ފެންނަން ނެތަސް އަބަދު އަހުމަދުގެ ޚިޔާލު އަހަންނަށް ކުރެވެއެވެ. އަހަރެން މި ސިޓީ އަހުމަދަސް ފޮނުވަން ޖެހުނު ސަބަބަކީވެސް މި ޚިޔާލުތައް ގިނަވެ ކެތްނުވާ ހިސާބަށް ދިޔުމުން ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. އުއްމީދު ކުރަނީ މި ސިޓީއަށް ފަހު އަހުމަދުގެ އިޝާރާތެއް އަހަންނަށް ވާނޭ ކަމަށެވެ.
ބުނަންހެއްޔެވެ؟ ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެކަން އަހަންނަށްވެސް މިހާރު އެނގިއްޖެއެވެ. އަހުމަދު ނުފެންނަ ހިސާބުގައި ހުއްޓަސް އަހަރެންގެ ޚިޔާލުގައި ވަނީ އަޙުމަދެވެ. ކިޔަވާ ރަނގަޅުވެގެން މޮޅު މީހެއްގެ ގޮތުގައި އެނބުރިއައިސް އަހަންނާއެކު ދިރިއުޅުން ހޭދަކުރާނެ ގޮތުގެ ހުވަފެން އަބަދުވެސް ފެނެއެވެ.
މިކުރެވޭހާ އުއްމީދުތައް ބޭކާރު އެއްޗަކަށް ވެގެން ހިނގައިދާނެ ކަމުގެ އިހުސާސް އަހަންނަށް ވެވެންފަށައިފިއެވެ. އަޙުމަދުގެ އުޅުމަށް އައި ބަދަލުތަކުގެ ވާހަކަ އަހަންނަށް އިވެންފެށުމުން ކިތަންމެ ދުރުގައި ތިއްބަސްއަދި ދެމީހުންގެ ދެމެދުގައި މާބޮޑު ލޯބީގެ ގުޅުންތަކެއް ހިނގާފައި ނެތްކަމަށް ވިޔަސް އަހުމަދު މާލެ ދިޔައީންސުރެ އުޅޭ ނޫޅޭ ގޮތާ ކުރާ ހުރިހާ ކަމެއްގެ ޚާބަރު އަހަރެންބަލަމެވެ. އަހަންނަށް ވަރަށް އިތުބާރު ހިފޭ ، އަހުމަދާވެސް ގުޅުންހުރި ފަރާތަކުން އަހަރެން މިއަންނަނީ ސާފުކުރަމުންނެވެ.
އާދޭހާއި ވަރަށް އަސަރާއެކުބުނަމެވެ. އަހުމަދު ގެ މައިންބަފައިން އަހުމަދު މާލެ ފޮނުވިބޭނުންފުރިހަމަކޮށް އަދި އަހަރެންވެސް އެދޭފަދަ ރަނގަޅު މީހަކަށްވެގެން އެނބުރި ރަށަށް އަންނާށެވެ. އެދުވަހަކަސް އަހަރެން އިންތިޒާރުކުރާނަމެވެ.
ލޯބިވާ އަޢިޝާ
މިސިޓީ ކިޔާ ނިންމާލި އިރު އަހުމަދަށްވަނީ ބަޔާންނުކުރެވޭ ފަދަ އިހުސާސްތަކެއް ކޮށް އެހާ އަސަރުކޮސްފައެވެ. އަހުމަދަށް ސިފަވަމުން ދިޔައީ އަހުމަދުގެ އަތުތެރޭގައި ހުރެ އައިޝާ ކުރި ޝަކުވަތަކެއްހެންނެވެ. ލޮލުން ފޭދުނު ކަރުނަތައް ކޯތާފަތްމަތިން ފޮހެލީ އައިޝާ އެދޭފަދަ މީހަކަށް ވުމުގެ އަޒުމުގައެވެ.

0 ޚިޔާލު:
Post a Comment