| މިހާރު ހިންގަމުންގެންދާ ރަށްކުރިވާ ކޮމެޓީތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު އުވާލަށްވައިފި |
 |
މިހާރު ހިންގަމުންގެންދާ ރަށްކުރިވާ ކޮމެޓީތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު އުވާލަށްވައިފިއެވެ.ހޯމް މިނިސްޓްރީން ވިދާޅުވީ، ރަށްރަށުގެ ރަށްކުރިވާ ކޮމެޓީތައް އުވާލެއްވީ، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޤާނޫން އަސީސީގެ ދަށުން ޤާނުނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ ކޮމެޓީތަކެއްކަމަށް ޝަރުޢީ ކޯޓުން ނިންމުމާއި ގުޅިގެންނެވެ، މިދިޔަ މަހުގެ ސައުވީސް ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖްލީހުން ވެސް މި ކޮމެޓީތަކަކީ ސައްހަ ކޮމެޓީތަކެއް ނޫންކަމަށް ނިންމެވުމާ ގުޅިގެން ކަމުގައެވެ. އަދި އެދުވަހު ބޭއްވުނު ވަޒީރުންގެ މަޖްލީހުންވަނީ، ރަށްކުރިއަރުވާ ކޮމިޓީތަކަކީ ޞައްޙަ ކޮމިޓީތަކަކަށްނުވާތީ، އެކޮމިޓީތަކުގެ ދަށުގައި މިހާރު ހުރި އިންޖީނުގެތަކަށް ޝަރުޢީ ބަދަލު ދެއްވުމަށްފަހު، އެ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކާ ހަވާލުކުރެއްވުމަށްވެސް ނިންމަވާފައެވެ. އެހެންނަމަވެސް ހޯމް މިނިސްޓްރީން ވިދާޅުވީ، މިކޮމެޓީތައް އުވާލެވުނު ނަމަވެސް ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވެންދެން ރަށުކައުންސިލަރުންނަށް ލާފާ ބޭނުންވާ ކަންކަމުގައި ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމުގައެވެ.ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީތަކަކީ، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައްވައި 8 އޭޕްރީލް 1999ގައި ޢަމަލުކުރައްވަން ފެށްޓެވި "ރަށްކުރިއަރުވާ ކޮމިޓީގެ ޤަވާޢިދު"ގެ ދަށުން އުފެދިފައިވާ ކޮމިޓީތަކެކެވެ. |
Enjoyed reading? Share this
0 ޚިޔާލު:
Post a Comment